ފެނަކައިގެ އެމްޑީ ކަމަށް ކުރީގެ އެމްޓީސީސީ ޗެއާމަން ޢަފީފް އައްޔަންކޮށްފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް މުޙައްމަދު ޢަފީފް ޙުސައިން އައްޔަންކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބ...

27 Apr 2026 | 10:05
N/A

N/A

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް މުޙައްމަދު ޢަފީފް ޙުސައިން އައްޔަންކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނި ގޮތުގައި ޢަފީފް އެ މަޤާމަށް އައްޔަންކޮށްފައިވަނީ މިއަދު، 27 އެޕްރީލް 2026 އިން ފެށިގެންނެވެ.

ޢަފީފް އެންމެ ފަހުން ހުންނެވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޗެއާމަންގެ މަޤާމުގައެވެ. މީގެ ކުރިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަން ވެސް ކުރައްވާފައިވެއެވެ. މީގެ އިތުރުން އެކި މިނިސްޓްރީތަކުގެ ޕަބްލިކް ވޯކްސް، ހައުސިން އަދި ކޯޕަރޭޓް ޑިޕާޓްމަންޓްތަކުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ވެސް ފުރުއްވާފައިވެއެވެ.

ދައުލަތަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ޢަފީފް ވަނީ ޝަރީޢާގެ ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައި، ސިންގަޕޫރު މެނޭޖްމަންޓް ޔުނިވަރސިޓީން ބޯޑް އެގްޒެކެޓިވް ސެޓްފިކެޓް އިން ޑައިރެކްޓަރޝިޕް ފުރިހަމަކުރައްވާފައެވެ. އޭނާ ވަނީ ފެނާއި ނަރުދަމާ، ކަރަންޓު އަދި ޢާންމު މަސައްކަތްތަކުގެ ދާއިރާ އިން ރާއްޖޭގެ އުމްރާނީ ތަރައްޤީ އަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް