މިއަދުގެ ޕްރެސް ކޮންފަރެންސްގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
ގަނާކުރުމަކީ ޤާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް ޚާއްޞަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ގަނާކުރުމުގެ މައްސަލައަކީ ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ރާއްޖޭގައި ވެސް އޮތް މައްސަލައެއް ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށް އެންޓި ބުލީ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހުން ކަމާ ގުޅޭ ފަންނީ ބޭފުޅުންގެ ލަފާގެ މަތިން ކުރަމުންދާ ކަމަށާއި، މަޝްވަރާގެ މަރުޙަލާ ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ޤާނޫނުގައި ގަނާކުރުމުގެ ޢަމަލުތަކަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްފައި އޮންނާނެ ކަމަށެވެ. އަދި ސްކޫލްތަކާއި ތަޢުލީމުދޭ ދާއިރާތަކުގެ އިތުރުން މަސައްކަތު މާޙައުލަށް ވެސް މި ޤާނޫނު ހިންގާނެ ކަމަށް ވިދާޅުވިއެވެ.
2024 ވަނަ އަހަރު ޤާނޫނުލް ޢުޤޫބާތަށް ގެނައި އިޞްލާޙުތަކުގައި އޮންލައިންކޮށް ހިންގާ މިފަދަ ޢަމަލުތައް ހުއްޓުވުމަށް މާއްދާތައް ހިމަނާފައިވާ ކަމަށާއި، ނަމަވެސް ގަނާކުރުން އިތުރަށް ހުއްޓުވައި، ރައްކާތެރިކުރުމުގެ ފިޔަވަޅުތައް ހަރުދަނާކުރުމަށް ވަކި ޤާނޫނެއް ބޭނުންވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް