N/A
ރ. ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ މީހެއްގެ ޚަބަރެއް ނުވެ ދެ ދުވަސް ވެފައިވާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެ މީހާ ދިރިއުޅޭ ގެއަށް ގޮސް ބެލިއިރު، އެ މީހާ ނިޔާވެފައި އޮއްވައި ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ނިޔާވެފައި އޮއްވައި ފެނުނީ ސޯސަންގެ / ރ. ރަސްގެތީމު، އިބްރާހީމް ޔޫސުފުފުޅު (55އ) ކަމަށް ފުލުހުން ބުނެއެވެ. އެ މީހާ ފެނިފައިވަނީ މި ހިނގާ އެޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ 21:53 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް