N/A
ވިޔަފާރިވެރިޔާ އަދި މާމިނގިލި ދާއިރާގެ މެމްބަރު އޮނަރަބަލް ޤާސިމް އިބްރާހިމް އދ. މާމިނގިލީގައި ބިނާކުރެއްވި "މަސްޖިދު އިބްރާހިމް" މިއަދު ހުޅުވައިފިއެވެ.
މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ޤާސިމް އިބްރާހިމްއެވެ. މިސްކިތް ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤާސިމް އިބްރާހިމާއި މާމިނގިލީ ކައުންސިލްގެ އިސްވެރިންނާއި ރައްޔިތުން ބައިވެރިވެލެއްވިއެވެ. މިސްކިތުގައި މިއަދު އިމާމުވެ ހުކުރު ނަމާދު ކުރެއްވީ ވަޒީރު ޑރ. ޝަހީމެވެ.

800 މީހުންގެ ޖާގައިގެ މި މިސްކިތަކީ ދެ ޖިންސުގެ މީހުންނަށް ވަކިން ނަމާދުކުރެވޭ އަދި ވުޟޫކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ މިސްކިތެކެވެ. މީގެ އިތުރުން މިސްކިތުގައި އޭސީގެ ނިޒާމު ވެސް ޤާއިމުކޮށްފައިވެއެވެ.

ސަރުކާރުގެ ޚަރަދުގައި ޢިމާރާތްކުރި މިސްކިތްތަކާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ޢިމާރާތްކުރި މިސްކިތްތައް ހިމެނޭ ގޮތުން، މި ރަމަޟާން މަހަށް ޖުމްލަ 15 މިސްކިތެއް ވަނީ ހުޅުވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް