ފޮޓޯ - އެމްވީ ކްރައިސިސްގެ ވީޑިއޯއަކުން ނަގާފައި
މާލެއިން ހުޅުމާލެއަށް ކުނި ބަރުކޮށްގެން ދަތުރުކުރި ޕިކަޕެއް ސިނަމާލެ ބުރިޖުގައި ފުރޮޅާލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 09:45 އެހާކަންހާއިރުއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، ޕިކަޕް ފުރޮޅާލަން މެދުވެރިވީ އެ ޕިކަޕުގެ ފިރޮޅު ފަޅައިގެން ގޮސް، އަރި އަޅާލައި ފެންސުގައި ޖެހުމުގެ ސަބަބުންނެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް