މާލޭ ގެއެއްގެ ކޮޓަރިއެއްގައި އަލިފާނުގެ ހާދިސާއެއް

މާލޭ ގެއެއްގެ ކޮޓަރިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފްއިން ބުނެފައިވާގޮތުގައި މ.މަލީޝާގެ އެއްވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑ...

27 Jan 2026 | 13:04
N/A

N/A

މާލޭ ގެއެއްގެ ކޮޓަރިއެއްގައި އަލިފާނުގެ ހާދިސާއެއް

ހިނގައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވާގޮތުގައި މ.މަލީޝާގެ

އެއްވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ

އެންޑް ރެސްކިޔު ސަރވިސް، މާލޭ ފަޔަރ ސްޓޭޝަނުން ނިއްވާލާފައިވާކަމަށެވެ.

"މި ހާދިސާގެ ރިޕޯޓް މިއަދު

14:54 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، މާލޭ

ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ

މަސައްކަތް ކޮށްފައި" އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

ރޯވި އަލިފާން 15:24 ހާއިރު ވަނީ އެއްކޮށް

ނިއްވާލެވިފައި ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ

ރިޕޯޓު ލިބިފައިނުވާކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް