ބޮޑުވަޒީރު މޯދީ ރައީސް މުޢިއްޒާއެކު - ފައިލް ފޮޓޯ: ދުވަސް
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރައީސް މުޢިއްޒަށް
ފޮނުއްވި ޝުކުރުގެ މެސެޖު އެކްސްގެ ކްރޮކުން އޮޓޯ އިން އިނގިރޭސިއަށް ތަރުޖަމާ
ކުރި ގޮތުގެ މައްސަލަ އިންޑިއާގައި ހޫނުވެއްޖެއެވެ.
ދިވެހި ބަހަކީ އަދި އެފަދަ އޭއައި މާހައުލުތަކުގައި
ރަނގަޅަށް ތަރުޖަމާ ކުރުމުގެ މައްސަލަތަކެއް ދިމާވާ ބަހެއް ކަމަށްވީނަމަވެސް
ގްރޮކުން ކުރި ތަރުޖަމާ އޮތީ އަދި މުޅިން އެހެން ލެވެލެއްގައި މައްސަލަ ވަރަށް
ބޮޑަށް ހޫނުވާފަދަ ގޮތަކަށެވެ.
އެކްސްގައި މޯދީ ޝުކުރުގެ މެސެޖެއް ފޮނުވީ އެ
ޤައުމުގެ ޖުމްހޫރީ ދުވަހުގެ ތަޙްނިޔާ ރައީސް މުޢިއްޒު ފޮނުއްވުމުން އެކަމަށް
ޝުކުރު އަދާކުރައްވައެވެ.

ޝުކުރިއްޔާ، ރައީސް މުޢިއްޒު، އިންޑިއާގެ 77 ވަނަ ޖުމްޙޫރީ ދުވަހުގެ މުނާސަބަތުގައި އަރިސަކުރެއްވި ހޫނު ތަޙުނިޔާއާއި ހެޔޮއެދުން އިޙްތިރާމާއިއެކު ބަލައިގަންނަން، ދެ ޤައުމުގެ ރައްޔިތުންގެ މަންފާއަށްޓަކައި އެކުގައި މިކުރާ މަސައްކަތް ކުރިއަށްގެންދާނަން. އެންމެހާ ދިވެހި ރައްޔިތުންނަށް ކުރިއަށް އޮތީ އުފާވެރި ފާގަތި ދުވަސްތަކެއްކަމުގައި އެދެން
މޯދީގެ މެސެޖު
ނަމަވެސް ގްރޮކްގެ ޓްރާންލޭޝަންގައި އޮތް ގޮތުން
ޝުކުރު ރައްދުވަނީވެސް ރައްޔިތުންގެ މަޖިލީހަށެވެ. އަދި އިންޑިއާގެ ޖުމްހޫރީ
ދުވަސް ފާހަގަކުރި ކަމަށް ވަނީވެސް ރާއްޖޭގައެވެ.
އިންޑިއާގެ މީޑިއާއިން ފާހަގަކުރާގޮތުގައި ތަރުޖަމާގައިވާ ބައެއް ވާހަކަތަކަކީ
މޯދީގެ ޓްވީޓްގައި ނުވެސް ނެތް ވާހަކަތަކެކެވެ.
މައްސަލަ ހޫނުވުމުން ގްރޮކް އިން މިހާރު ވަނީ ތަރުޖަމާ
ރަނގަޅުކޮށްފައެވެ.
މިއީ ދިވެހިންނަށް ލިބޭ ރަނގަކަށް ވުމުގެ ފުރުޞަތުވެސް
އެބަ އޮތެވެ. އެއީ މިފަދަ ކަމެއްގައި އިންޑިއާފަދަ ބޮޑު ޤައުމަކުން ރުޅި ގަދަވުމުން
ދިވެހި ބަހުގެ ޓްރާންސްލޭޝަނަށް ގްރޮކް ފަދަ އޭއައި ކުންފުނިތަކުން ދެން އިސްކަމާ
ސަމާލުކަން ދޭނެތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް