ޖުމްލަ 54 ކްލާސްރޫމާއެކު މި ސަރުކާރުން ފުރަތަމަ ބިނާކުރި ސްކޫލު ރަސްމީކޮށް ހުޅުވައިފި

ޖުމްލަ 54 ކްލާސްރޫމާއެކު މި ސަރުކާރުން ފުރަތަމަ ބިނާކުރި ސްކޫލު ރަސްމީކޮށް ހުޅުވައިފިއެވެ. މި ސަރުކާރުން ތަރައްގީކޮށް ހުޅުވި ފުރަތަމަ ސްކޫލު "ޝަހީދު އަލީ" ސްކޫލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މު...

27 Jan 2026 | 05:30
ޝަހީދު އަލީ ސްކޫލު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު/ ފޮޓޯ: ރައީސް އޮފީސް

ޝަހީދު އަލީ ސްކޫލު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު/ ފޮޓޯ: ރައީސް އޮފީސް

ޖުމްލަ 54 ކްލާސްރޫމާއެކު މި ސަރުކާރުން ފުރަތަމަ ބިނާކުރި ސްކޫލު ރަސްމީކޮށް ހުޅުވައިފިއެވެ.

މި ސަރުކާރުން ތަރައްގީކޮށް ހުޅުވި ފުރަތަމަ ސްކޫލު "ޝަހީދު އަލީ" ސްކޫލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވަނީ ރަސްމީކޮށް ހުޅުވައިދެއްވައިފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށްގެން ތަރައްގީކޮށްފައިވާ މި ސްކޫލަކީ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކިޮށްފައިވާ އަދި އޭސީ ކޮށްފައިވާ 54 ކްލާސްރޫމުގެ ސްކޫލެކެވެ.

އާރްސީސީއާއި ހަވާލުކޮށް ދެ އަހަރުތެރޭގައި ނިންމާފައިވާ މި ސްކޫލު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ ސްކޫލުގެ ލޯގޯ އިފްތިތާހުކޮށްފައެވެ.

މިއަދު ރަސްމީކޮށް ހުޅުވާފައިވާ މި ސްކޫލުގައި މަލްޓިޕާޕަސް ހޯލަކާއި ޓާފް ދަނޑަކާއި އިންޑޯ ކުޅިވަރުތައް ކުޅެވޭނޭ ހޯލެއް ވަނީ ގާއިމްކޮށްފައެވެ. މީގެ އިތުރުން 400 ކުދީންގެ އޮޑިޓޯރިއަމަކާއި ލައިބްރަރީއަކާއި، ތިން ސައިސް ލެބާއި ކޮމްޕިއުޓަރު ލެބާއްގެ އިތުރުން ގްރައުޑްގައިވެސް ކުޅިވަރު ކުޅެވޭނޭ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

1،500 ކުދީންގެ ޖާގައިގައި ފަރުމާކޮށްފައިވާ މި ސްކޫލުގައި ދެ ދަންފަޅިއަށް ބަހާލައިގެން ޖުމްލަ 2،500 ދަރިވަރުންނަށް ކިޔަވައިދެވޭނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ޝަހީދު އަލީ ސްކޫލަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ދާއިމީ ދެވަނަ ސްކޫލެވެ. އެތަނުގައި ފުރަތަމަ ތަރައްގީ ސަލާހުއްދީން ސްކޫލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް