ސަފާރީގައި ރޯވި އަލިފާން ނިއްވައިލަން 24 ގަޑިއިރު ނެގި !

ކުޑަ އަންބަރާ ކައިރީގައި އޮތް ސަފާރީއެއްގައި ރޯވި އަލިފާން އެކުގައި ނިއްވައިލަން 24 ގަޑިއިރު ނެގިކަން ހާމަކޮށްފިއެވެ. އެމްއެންޑީއެފް އިން މިރޭ ބުނެފައިވަނީ ވ.އަތޮޅު ކުޑަ އަންބަރާ ކައިރީގައި އޮތް "ޔަސާ...

25 Dec 2025 | 21:14
N/A

N/A

ކުޑަ އަންބަރާ ކައިރީގައި އޮތް ސަފާރީއެއްގައި ރޯވި

އަލިފާން އެކުގައި ނިއްވައިލަން 24 ގަޑިއިރު ނެގިކަން ހާމަކޮށްފިއެވެ.

އެމްއެންޑީއެފް އިން މިރޭ ބުނެފައިވަނީ ވ.އަތޮޅު ކުޑަ

އަންބަރާ ކައިރީގައި އޮތް "ޔަސާވާ ޕްރިންސަސް" ނަމަކަށް ކިޔާ ސަފާރީއެއްގައި

ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ

މިހާރު ނިއްވާލާފައިވާކަމަށެވެ.

"މި ހާދިސާގެ ރިޕޯޓް އިއްޔެ ހަވީރު 17:55 ހާއިރު

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލޭ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު،

ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެރޭ 18:09 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް

ރެސްކިޔު ސަރވިސްގެ އެކޯ-9 އަލިފާން ނިއްވާ ލޯންޗުގައި އެ ސަރަހައްދަށް ދިއުމަށް ދަތުރުފެށި،

އެގޮތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ އެކޯ-9 އެ ސަރަހަށްދަށްގޮސް

ކުރި މަސައްކަތުން މިހާރުވަނީ އަލިފާން އެއްކޮށް ނިއްވާލާފައި، އަލިފާން އެއްކޮށް ނިއްވާލެވިފައި

ވަނީ މިރޭ 19:22 ހާއިރު" އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އެ ސަފާރީގައި ދަރުތުކުރި 25 ފަޅުވެރިންނާއި 19 ފަތުރުވެރިން

ވަނީ ރައްކާތެރިކަމާއެކު އެހެން ދޯނިތަކަށް ނަގާފައެވެ. މިހާތަނަށް މި ހާދިސާގައި އެއްވެސް

މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް