މަރުވެފައި އޮތް މީހާ ފެނުނު ސަރަހައްދު -
އިއްޔެ އިރު އޮއްސުނުހާއިރު ހުޅުމާލޭ ވޯޓަރ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުގައި މަރުވެފައި އޮއްވާ ފެނުނީ ފިރިހެނެއް ކަމުގައި ފުލުހުން މިއަދު ބުނެފިއެވެ.
މިއަދު ހެނދުނު ފުލުހުން ބުނެފައިވަނީ މިހާތަނަށް މީހާގެ އައިޑެންޓިޓީ ކަށަވަރު ކުރެވިފައި ނުވި ނަމަވެސް އެއީ ބުރާސްފަތި ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާކަމަށް ބެލެވިދާނެ ބައެއް ކަންކަން ތަހުގީގަށް މިހާތަނަށް ހޯދިފައިވާކަމަށެވެ.
މީހާގެ އައިޑެންޓިޓީ ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށާއި މީހާގެ ހަށިގަނޑު ވަނީ ކޮމްޕޯޒް ވެފައިކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް