އުދަ އަރަމުން ދަނިކޮށް މާލޭ ފަޅުން ނުކުންނަށް އުޅުނު ލޯންޗެއް އުރިއްޖެ

މިއަދު މެންދުރު އެންމެ ބޮޑަށް އުދަ އަރަމުން ދަނިކޮށް މާލޭ ފަޅުން ނުކުންނަށް އުޅުނު ލޯންޗެއް އުރިއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ މާލޭ ދެކުނު ފަރާތު ފަޅުން އެ ލޯންޗު ނުކުންނަށް އުޅެނިކޮށް މެންދުރު ފަ...

26 Jul 2026 | 13:01
ލޯންޗު އުރިފައި -- ދުވަސް ފޮޓޯ: އަޒްމީ އަލީ

ލޯންޗު އުރިފައި -- ދުވަސް ފޮޓޯ: އަޒްމީ އަލީ

މިއަދު މެންދުރު އެންމެ ބޮޑަށް އުދަ އަރަމުން ދަނިކޮށް މާލޭ ފަޅުން ނުކުންނަށް އުޅުނު ލޯންޗެއް އުރިއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ މާލޭ ދެކުނު ފަރާތު ފަޅުން އެ ލޯންޗު ނުކުންނަށް އުޅެނިކޮށް މެންދުރު ފަހު އެވެ. މިއަދު އެންމެ ބޮޑަށް އުދައެރީ އިންޑަސްޓްރިއަލް ޒޯން ސަރަހައްދަށެވެ.

ލޯންޗު އުރުނު ސަރަހައްދުގައި އެވަގުތު ދުވަސްގެ ނޫސްވެރިން ހަރަކާތްތެރިވި އެވެ. އެ ލޯންޗު އުރުނީ އުދަ އަރަމުން ދަނިކޮށް ދެކުނު ފަރާތު ފަޅުން ނުކުންނަށް އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެގޮސް އެވެ.

އެ ލޯންޗު އުރުނު އިރު އޭގައި 20 އަށްވުރެ ގިނަ މީހުން ތިއްބެވެ. މި ހާދިސާ އާއި ގުޅޭ އިތުރު ތަފްސީލް އަދި ކަމާ ބެހޭ އިދާރާތަކުން ހާމައެއް ނުކުރެ އެވެ.

ނަމަވެސް ދެކުނު ފަރާތަށް އުދަ އެރުމުގެ ސަބަބުން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސިފައިން ހާމަކޮށްފައިވެ އެވެ.

ދެކުނު ފަރާތުގެ އިތުރުން ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން އަލަށް ހެދި ބަޔަށްވެސް އުދަ އަރާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް