މާލޭގެ ބައެއް ސަރަހައްދުތަކަށް ވަރަށް ބޮޑަށް އުދަ އަރައިފި

މާލޭގެ ބައެއް ސަރަހައްދުތަކަށް ވަރަށް ބޮޑަށް އުދަ އަރައިފި އެވެ. އެންމެ ބޮޑަށް އުދައަރާފައި ވަނީ އިންޑަސްޓްރިއަލް ޒޯން ސަރަހައްދަށެވެ. އެ ސަރަހައްދަށް އުދަ އަރައި ޕާކުކޮށްފައި ހުރި އުޅަނދުތައް ވެއްޓި،...

26 Jul 2026 | 12:31
މާލޭ އިންޑަސްޓްރިއަލް ޒޯނަށް އުދަ އަރަނީ -- ދުވަސް ފޮޓޯ: އަޒްމީ އަލީ

މާލޭ އިންޑަސްޓްރިއަލް ޒޯނަށް އުދަ އަރަނީ -- ދުވަސް ފޮޓޯ: އަޒްމީ އަލީ

މާލޭގެ ބައެއް ސަރަހައްދުތަކަށް ވަރަށް ބޮޑަށް އުދަ އަރައިފި އެވެ.

އެންމެ ބޮޑަށް އުދައަރާފައި ވަނީ އިންޑަސްޓްރިއަލް ޒޯން ސަރަހައްދަށެވެ. އެ ސަރަހައްދަށް އުދަ އަރައި ޕާކުކޮށްފައި ހުރި އުޅަނދުތައް ވެއްޓި، އެތަކެއްޗަށް ވަރަށް ބޮޑަށް ލޮނު ވަދެފައިވެ އެވެ.

ދެން އުދަ އަރާފައިވާ ސަރަހައްދުގެ ތެރޭގައި ބޮޑުތަކުރުފާނު މަގުގައި އަލަށް ތާރު އަޅައިގެން ހެދި ބައިވެސް ހިމެނެ އެވެ.

އެމްއެންޑީއެފުުން ބުނީ މާލެ ބައެއް ސަރަހައްދުތަކަށް އުދަ އަރައިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ހުރި ޕެޓްރޯލް ޝެޑާއި ހިސާބަށް އުދަ އަރައި ފެން ބޮޑުވެފައިވާތީ ޕަންޕު ޖަހައިގެން ދަނީ ހިއްކަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް