އިންޑިއާގެ މުޒާހަރާގެ ތެރެއިން ކޮކޮރޯޗް ޕާޓީގެ ލީޑަރަށްވެސް ބައްޔެއް ޖެހިއްޖެ

އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރްމެންދުރަ ޕްރަދާން އިސްތިއުފާ ދިނުމަށް ގޮވައިލައި ފެށި މުޒާހަރާތައް ލީޑު ކުރާ ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ބާނީ އަބީޖީތް ދިޕްކޭ ތައިފޮއިޑް ޖެހިގެން ފަރުވާ ހޯދ...

26 Jul 2026 | 05:25
އަބީޖީތް ދިޕްކޭ --

އަބީޖީތް ދިޕްކޭ --

އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރްމެންދުރަ ޕްރަދާން އިސްތިއުފާ ދިނުމަށް ގޮވައިލައި ފެށި މުޒާހަރާތައް ލީޑު ކުރާ ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ބާނީ އަބީޖީތް ދިޕްކޭ ތައިފޮއިޑް ޖެހިގެން ފަރުވާ ހޯދަން ފަށައިފި އެވެ.

ވީޑިއޯ މެސެޖެއް މެދުވެރިކޮށް ދިޕްކޭ ބުނީ މިދިޔަ ހަފްތާއެއްހާ ދުވަހު ބަލިވެ އުޅެންޖެހެމުން ލޭގެ ޓެސްޓުތަކެއް ހެދުމުން އޭނާއަށް ތައިފޮއިޑް ޖެހިފައިވާކަން އެނގުނު ކަމަށެވެ. އޭނާ ބުނީ މުޒާހަރާގައި ބައިވެރިވަމުން ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ފަރުވާ ހޯދަމުންދާ ކަމަށެވެ.

އޭނާ ބުނީ ސިއްހީ ގޮތުން މުޒާހާރާގައި އިސްކޮށް ހަރަކާތްތެރިވާ މީހުންނަށް ސިއްހީ މައްސަލަތައް ޖެހުނު ނަމަވެސް ސާބިތުކަމާއި އެކު މުޒާހަރާގައި ބައިވެރިންނާއި އެކު މައިދާނުގައި ތިބި ކަމަށެވެ.

އަބީޖީތުގެ އިތުރުން މުޒާހަރާގައި ހަރަކާތްތެރިކަމާއި އެކު އުޅުނު މީހުންގެ ތެރޭގައި ހިމެނޭ މަޝްހޫރު އެކްޓީވިސްޓު އަދި ފިލްމީ ތަރި ޝަބާނާ އަޒްމީއަށް ވަނީ އޫރު ރޯގާ ޖެހިފައިވަ އެވެ. އޭނާ ވަނީ ވީޑީއޯ މެސެޖެއް މެދުވެރިކޮށް ބަލި ރަނގަޅުވިހާ އަވަހަށް މުޒާހަރާ އާއި އަލުން ގުޅޭނެ ކަން ހާމަކޮށްފައި އެވެ.

އެތައް ހާސް ޒުވާނުން އެއްވެ އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލީ ނީޓް ޕޭޕަރު ލީކުވި މައްސަލައިގަ އިމްތިހާނު ކެންސަލް ކުރުމުން މިދިޔަ މަހުން ފެށިގެންނެވެ. މި މައްސަލައިގަ އެމީހުންގެ ޑިމާންޑާއި އެއްގޮތަށް އިއްޔެ އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ޕްރަދާން ވަނީ އިސްތިއުފާދެއްވާފައި އެވެ.

އެކަމަކު އަދިވެސް ދެ ޑިމާންޑެއް ފުރިހަމަ ނުކޮށްދޭ ކަމަށް ބުނެ މުޒާހަރާގެ ބައިވެރިން އެއްވެ ތިބި މައިދާން ކަމަށްވާ ނިއުދިއްލީގެ ޖަންތާ މަންތާ ދޫކޮށް ގޮސްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް