N/A
މާރިޗު މަހުގެ ކަރަންޓު ބިލް ބޮޑުވެފައިވާތީ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން، ބިލް ތައްޔާރުކޮށްފައިވަނީ ޢާންމު އުޞޫލުން ކަމަށާއި، ރައްޔިތުންނަށް އޮޅޭ ގޮތަށް ބިލަށް އެއްވެސް ފަރަޤެއް ގެނެސްފައި ނުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކޮންމެ މަހަކު ވެސް ކަނޑައެޅިފައިވާ ދުވަހަކަށް ރީޑިންގ ނަގައި، ބިލް ތައްޔާރުކޮށް ދޫކުރުމަކީ އެ ކުންފުނިން ޢަމަލުކުރަމުން އަންނަ އުޞޫލު ކަމަށާއި، މާރިޗު މަހުގެ ބިލް ވެސް ނެރެފައިވަނީ ހަމަ އެ އުޞޫލުން ކަމަށެވެ. މި އުޞޫލާ ޚިލާފަށް ބިލަށް ފަރަޤެއް ގެނެސްފައި ނުވާނެ ކަމުގެ ޔަޤީންކަން ބިލް ދައްކަވާ ފަރާތްތަކަށް އެ ކުންފުނިން ވަނީ އަރުވައިފައެވެ.
ފެނަކައިން ބުނީ، ކަރަންޓުގެ ޚިދުމަތަކީ ރައްޔިތުންގެ ޢާންމު ދިރިއުޅުމާ ގުޅިފައިވާ އަސާސީ ޚިދުމަތަކަށް ވާތީ، މެދު ނުކެނޑި ޚިދުމަތް ފޯރުކޮށްދިނުމަށާއި، ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް ކުންފުނީގެ މެނޭޖުމަންޓާއި މުވައްޒަފުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް