ކަދުރު ބަހަން ފަށައިފި - ހުސްވަންދެން ގެއަކަށް ޕަކެޓެއްގެ މަގުން ބަހާނެ

ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެ އަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު މިއަދުން ފެށިގެން ބަހަން ފަށާފައިވާ ކަމަށް އިސްލާމީ ...

26 Apr 2026 | 06:09
N/A

N/A

ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެ އަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު މިއަދުން ފެށިގެން ބަހަން ފަށާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އިން ބުނެފިއެވެ.

މާލެ ސަރަޙައްދުގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށް ދާނީ އިސްލާމީ މަރުކަޒުގެ ހޯލުގައި، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ކަމަށް އެ ވުޒާރާ އިން ހާމަކޮށްފައިވެއެވެ. މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ ގޭބިސީތަކަށް ކަދުރު ބަހާނީ، ގޭގެ އެޑްރެހާއި، ކަރަންޓު މީޓަރު ނަންބަރާއި، ކަދުރާ ހަވާލުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ބެލުމަށްފަހު ކަމަށް ވުޒާރާ އިން ބުނެއެވެ.

ވުޒާރާ އިން ބުނި ގޮތުގައި، މާލެ ސަރަޙައްދުގައި ކަދުރު ބަހައިދޭނީ މިއަދުން ފެށިގެން އަންނަ މޭ މަހުގެ 14 ވަނަ ދުވަހާ ހަމައަށެވެ. ކޮންމެ ދުވަހަކު ވެސް ކަދުރު ބެހުން ކުރިއަށް ދާނީ ހެނދުނު 9:30 އިން މެންދުރު 1:00 އަށެވެ.

ސިޓީތަކާއި ރަށްރަށުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް މެދުވެރިކޮށް ކަމަށާއި، ކޮންމެ ރަށަކަށް ވެސް ކަނޑައަޅާ ކަދުރު ހުސްވަންދެން، ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަދުރުގެ މަގުން ބަހައިދޭނެ ކަމަށް އެ ވުޒާރާ އިން ހާމަކޮށްފައިވެއެވެ. ސިޓީތަކާއި ރަށްރަށަށް ކަދުރުގެ ޢަދަދު ކަނޑައެޅޭނީ ކޮންމެ 100 ގޭބިސީއަކަށް 50 ޕެކެޓުގެ ރޭޓުން ކަމަށް ވެސް ވުޒާރާ އިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް