N/A
ވައިގެ މަގުން ރާއްޖެ އަށް ކިލޯއެއްހާ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަންގްލަދޭޝްގެ ދެ ފިރިހެނަކު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހު، މަސްތުވާތަކެއްޗާއި މަނާ ބޭސް ރާއްޖެ އަށް އެތެރެކުރަން އުޅުމުގެ ތުހުމަތުގައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އެ ދެ މީހުން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުން ކަމަށެވެ.
ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ 40 އަހަރުގެ ޝިފުލް އާއި 32 އަހަރުގެ ސަޖިބް ކަމަށް ފުލުހުން ބުނެއެވެ. މި ދެ މީހުން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 1105 ގްރާމް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް