މާލޭގެ "އުފަކާރަ" ތަމްރީނު ޕްރޮގްރާމް ނިންމައި 19 ބައިވެރިއަކަށް ސެޓްފިކެޓު ދީފި

ކާބޯތަކެތި އުފައްދައި ވިއްކާ ފަރާތްތަކުގެ ރައްކާތެރިކަމާއި ފެންވަރު ރަނގަޅުކުރުމަށް ހިންގާ "އުފަކާރަ" ތަމްރީނު ޕްރޮގްރާމް މާލޭ ސިޓީގައި ނިންމައި، ޕްރޮގްރާމް ފުރިހަމަކުރި 19 ބައިވެރިއަކަށް މިރޭ ސެޓްފިކ...

26 Apr 2026 | 01:41
ހަފުލާ ޝަރަފުވެރިކޮށްދެއްވީ  ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން -

ހަފުލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން -

ކާބޯތަކެތި އުފައްދައި ވިއްކާ ފަރާތްތަކުގެ ރައްކާތެރިކަމާއި ފެންވަރު ރަނގަޅުކުރުމަށް ހިންގާ "އުފަކާރަ" ތަމްރީނު ޕްރޮގްރާމް މާލޭ ސިޓީގައި ނިންމައި، ޕްރޮގްރާމް ފުރިހަމަކުރި 19 ބައިވެރިއަކަށް މިރޭ ސެޓްފިކެޓު ދީފިއެވެ.

ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާގެ ކޮންފަރެންސް ހޯލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. ޕްރޮގްރާމް ފުރިހަމަކުރި 19 ފަރާތަށާއި، ޕްރޮގްރާމުގައި ފެސިލިޓޭޓްކޮށްދެއްވި 17 ފެސިލިޓޭޓަރުންނަށް ވެސް ސެޓްފިކެޓު ޙަވާލުކޮށްދެއްވީ އެކަމަނާއެވެ.

"އުފަކާރަ" އަކީ ކާބޯތަކެތި އުފައްދައި ތައްޔާރުކޮށް ވިއްކާ ފަރާތްތައް، ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރިކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން 2017 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ތަމްރީނު ޕްރޮގްރާމެކެވެ.

މިހާތަނަށް ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން، ޅ. އަތޮޅު، މ. އަތޮޅު، ހދ. ކުޅުދުއްފުށި، ނ. ވެލިދޫ، ޏ. ފުވައްމުލައް، ލ. އަތޮޅު އަދި ފ. އަތޮޅުގައި މި ޕްރޮގްރާމް ހިންގާފައިވާ ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ރަސްމިއްޔާތުގައި ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ އާއި ވުޒާރާގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް