އައިއެންއެސް ކަލްޕޭނީ އައްޑޫގައި -
އިންޑިއާ ނޭވީގެ ހަނގުރާމަ މަތީ އުޅަނދެއް ކަމަށްވާ "އައިއެންއެސް ކަލްޕޭނީ" އައްޑު އަތޮޅު ގަން އަށް ބަނދަރުކޮށް، އިންޑިއާ އާއި ރާއްޖޭގެ ދެމެދުގައި އޮތް ދިފާޢީ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފިއެވެ.
މި ދަތުރާ ބެހޭ ގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނީ، މިއީ "ދެ ޤައުމުގެ ދެމެދުގައި އޮތް ވަރުގަދަ ރަޙުމަތްތެރި ގުޅުމާއި، ތަފާތު ދާއިރާތަކުގެ ދިފާޢީ އެއްބާރުލުން" ދައްކުވައިދޭ ދަތުރެއް ކަމަށެވެ.
މި ދަތުރަކީ އިންޑިއާގެ "ނެއިބަރހުޑް ފަސްޓް" ސިޔާސަތުގެ ދަށުން، ދެކުނު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކާ ދިފާޢީ ގުޅުން ބަދަހިކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ކުރި ދަތުރެއް ކަމަށް ވެސް އިންޑިއާ ހައި ކޮމިޝަނުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ ކުރިން މި މަހުގެ ހަ ވަނަ ދުވަހު، "އައިއޯއެސް ސާގަރ" އިނީޝިއޭޓިވްގެ ދަށުން އިންޑިއާ ނޭވީގެ "އައިއެންއެސް ސުނައިނާ" ވެސް ވަނީ ރާއްޖޭގެ ވެރިރަށް މާލެ އަށް ޒިޔާރަތްކޮށްފައެވެ.

ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް