ރިފަރަންޑަމާ ގުޅޭ ކަންކަމަށް 19 މިލިއަން ރުފިޔާ ހަރަދުވެއްޖި: އީސީ

ރާއްޖޭގެ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓުގެ ތައްޔާރީތަކަށް މިހާތަނަށް 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވެފައިވާ ކަ...

26 Mar 2026 | 12:08
އިލެކްޝަންސް ކޮމިޝަންގެ ރައީސް /ފޮޓޯ: އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަންގެ ރައީސް /ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ރާއްޖޭގެ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު

އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓުގެ

ތައްޔާރީތަކަށް މިހާތަނަށް 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވެފައިވާ ކަމަށް

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އީސީން މިކަން ހާމަކުރީ، އަންނަ މަހުގެ ހަތަރު ވަނަ ދުވަހު

ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގިއަށް މަސައްކަތްކުރާ

ކޮމިޓީގެ އިންތިޚާބާ އެކު ކުރިއަށް ގެންދާ މި ރިފަރަންޑަމްގައި ކުރާ ސުވާލަކީ

ގާނޫނުއަސާސީއާ ޚިލާފު ކަމެއް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ

ޝަރީއަތުގައެވެ. މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލުން ކަމަށްވާ

އިބްރާހިމް ޝިޔާމް އާއި އައިކު އަހުމަދު އީސާ އެވެ. މި ދައުވާ އަމާޒުވަނީ ރައީސް

އޮފީހާއި، އެޓާނީ ޖެނެރަލްގެ އޮފީހުގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އީސީގެ ގާނޫނީ

ވަކީލު ވިދާޅުވީ، ވޯޓު ނެގުމަށްޓަކައި ކުރަންޖެހޭ ގިނަ އިންތިޒާމުތަކެއް

މިހާރުވެސް ވަނީ ފުރިހަމަކުރެވިފައި ކަމަށެވެ. ވަކީލު ފާހަގަކުރެއްވި ގޮތުގައި މި

މަސައްކަތަށް މިހާތަނަށް 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޭދަވެފައެވެ. އަދި

ވޯޓު ކަރުދާސްތައް ޗާޕުކޮށް ނިމި، އެކި ސަރަހައްދުތަކަށް ފޮނުވުމުގެ މަސައްކަތް

މިހާރު ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިލްކެޝަންސް ކޮމިޝަނުން ބުނި ގޮތުގައި، އަންނަ އެޕްރީލް

މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބާ އކު މި ވޯޓު ކުރިއަށް

ގެންދިއުމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއް ވަނީ ނިމިފައެވެ. މީގެ އިތުރުން، މި

ވޯޓާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ސޯޝަލް މީޑިއާ އާއި އެހެނިހެން ވަސީލަތްތައް

މެދުވެރިކޮށް ހަރަކާތްތައް ހިންގަމުންދާ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ. ކައުންސިލް

އިންތިޚާބާ އެކު މިފަދަ ރިފަރަންޑަމްއެއް ބާއްވާނަމަ، އިތުރު 20 މިލިއަން ރުފިޔާގެ

ބަޖެޓެއް ބޭނުންވާނެ ކަމަށް އީސީން މީގެ ކުރިން މަޖިލީހުގެ ކޮމިޓީއެއްގައިވެސް

ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް