ޒިންމާދާރުކަމާއެކު ޚަބަރު ފެތުރުމަށް ނޫސްވެރިންނަށް އިލްތިމާސްކޮށްފި

ދުނިޔެ ހަނގުރާމައެއްގެ ބިރުވެރި ދުވަސްތަކެއް ކަޑައްތުކުރަމުންދާ މި ދަނޑިވަޅުގައި، ޒިންމާދާރުކަމާއެކު ޚަބަރާއި މަޢުލޫމާތު ފެތުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިނ...

26 Mar 2026 | 03:08
N/A

N/A

ދުނިޔެ ހަނގުރާމައެއްގެ ބިރުވެރި ދުވަސްތަކެއް ކަޑައްތުކުރަމުންދާ މި ދަނޑިވަޅުގައި، ޒިންމާދާރުކަމާއެކު ޚަބަރާއި މަޢުލޫމާތު ފެތުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން ދިވެހި އެންމެހައި ނޫސްވެރިންނަށް އިލްތިމާސްކޮށްފިއެވެ.

އެމްއެމްބީސީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، މީޑިއާތަކުން ޢާންމުންނާ ހަމައަށް ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ޤާނޫނު ނަންބަރު 2025/16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 38 ވަނަ މާއްދާގެ ދަށުން އެކުލަވައިލާފައިވާ ސުލޫކީ މިންގަނޑާ އެއްގޮތަށް ޢަމަލުކުރުމަށް އެދޭ ކަމަށެވެ.

އެ ބަޔާނުގައި ވަކިން ޚާއްޞަކޮށް ސަމާލުކަން ދިނުމަށް ފާހަގަކޮށްފައިވަނީ ތިން ކަމެކެވެ. އެއީ ސުލޫކީ މިންގަނޑުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ ޤައުމީ ސަލާމަތާއި ރައްކައުތެރިކަން ދެމެހެއްޓުމާއި، 6 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ ފެކްޗުއަލް ޕްރޮގުރާމުތަކުގައި އެކި ފަރާތްތަކުން ދެއްކި ވާހަކައިގެ މަފްހޫމު ނުގެއްލޭ ގޮތަށް ގެނެސްދިނުމާއި، 14 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ މެނިޕިއުލޭޓް ކޮށްފައިވާ އަދި ފެބްރިކޭޓް ކޮށްފައިވާ ފޮޓޯއާއި އޯޑިއޯ ވީޑިއޯ ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ބޭނުން ނުކުރުމެވެ.

ބެލެވޭ ގޮތުގައި އެމްއެމްބީސީން މި ބަޔާން ނެރެފައި މިވަނީ، ކޮންމެ ހޯމަ ދުވަހަކު ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާއިރު މި ހަފުތާގެ ހޯމަ ދުވަހު ދެއްކެވި ވާހަކަފުޅުތަކުން ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ޚަބަރުތަކާ ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް