އދ. އޮމަދޫގައި އަލަށް ބިނާކުރި "މަސްޖިދުއްރަޙުމާ" ރަސްމީކޮށް ހުޅުވައިފި

އދ. އޮމަދޫގައި އަލަށް ޢިމާރާތްކުރި މިސްކިތް "މަސްޖިދުއްރަޙުމާ" ނިންމައި، ރަސްމީކޮށް ހުޅުވައިފިއެ މިއަދު އެރަށުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާ ބ...

26 Jan 2026 | 13:39
N/A

N/A

އދ. އޮމަދޫގައި އަލަށް ޢިމާރާތްކުރި މިސްކިތް

"މަސްޖިދުއްރަޙުމާ" ނިންމައި، ރަސްމީކޮށް ހުޅުވައިފިއެ

މިއަދު އެރަށުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި

މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ

އަލްއުސްތާޛް އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރެވެ. މި މިސްކިތަކީ ހެޔޮއެދޭ ފަރާތަކުން

އެ ރަށުގެ ރައްޔިތުންނަށްޓަކައި ބިނާކޮށްދީފައިވާ ރީތި މިސްކިތެކެވެ.

މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓޭޓް

މިނިސްޓަރުގެ އިތުރުން ރަށު ކައުންސިލްގެ އިސްވެރިންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން

ބައިވެރިވިއެވެ. މި މިސްކިތް ހުޅުވުމާއެކު، އޮމަދޫގައި ނަމާދު ކުރާނެ ޖާގައިގެ ދަތިކަމަށް

ބޮޑު ލުޔެއް ލިބިގެންދާނެކަމަށް އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން ބުނެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ

ސަރުކާރުން އިސްލާމީ ދީނަށް ލޯބިޖެއްސުމާއި، މިސްކިތްތައް ބިނާކޮށް އާބާދުކުރުމަށް

ދެއްވާ އަހައްމިއްޔަތުގެ ދަށުން ކުރިއަށްދިޔަ މުހިންމު މަސައްކަތެކެވެ. މިސްކިތް ހުޅުވައިދެއްވުމަށްފަހު،

ސްޓޭޓް މިނިސްޓަރު ވަނީ މިސްކިތް ބިނާކޮށްދެއްވި ފަރާތަށް ޝުކުރު އަދާކުރައްވައި، މިސްކިތުގެ

ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ރަށުގެ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޢިމާރާތްކުރަން ފަށާފައިވާ

މިސްކިތްތަކުގެ މަސައްކަތުގެ ދުވެލި އަވަސްކޮށް ވީހާވެސް އަވަހަށް މަޝްރޫޢުތައް ނިންމުމަށް

ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކުރިއަށް އޮތް ރަމަޟާން

މަހުގެ ކުރިން 15 މިސްކިތެއް ހުޅުވުމަށް ތައްޔާރުވަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް