ރަމަޟާން 1447: ރޯދަ ހަދިޔާގެ ގޮތުގައި ޕާކިސްތާނުގެ ޕަންޖާބުގައި ކޮންމެ ގޭބިސީއަކަށް 10 ހާސް ރުޕީސް

ކުރިއަށް އޮތް ރަމަޟާން މަހަށް ރޯދަ ހަދިޔާގެ ގޮތުގައި ޕާކިސްތާނުގެ ޕަންޖާބުގެ ލޯ އިންކަމް ޢާއިލާތަކަށް ކޮންމެ ގޭބިސީއަކަށް 10 ހާސް ރުޕީސް ދިނުމަށް ޕަންޖާބު ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކޮށްފައ...

26 Jan 2026 | 13:21
N/A

N/A

ކުރިއަށް އޮތް ރަމަޟާން މަހަށް ރޯދަ ހަދިޔާގެ

ގޮތުގައި ޕާކިސްތާނުގެ ޕަންޖާބުގެ ލޯ އިންކަމް ޢާއިލާތަކަށް ކޮންމެ ގޭބިސީއަކަށް

10 ހާސް ރުޕީސް ދިނުމަށް ޕަންޖާބު ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ޕަންޖާބު ސްޓޭޓްގެ ޗީފް

މިނިސްޓަރު މަރިޔަމް ނަވާޒް ޝަރީފެވެ.

ޕާކިސްތާނު މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ

ނިންމުމުގައިވާގޮތުން ޕަންޖާބު ސްޓޭޓްގެ 4.2 މިލިޔަން ގޭބިސީއަކަށް އެ އެހީ

ލިބިގެންދާނެއެވެ.

އެ އެހީ ދޭން ނިންމާފައިވަނީ "ނިގެހްބާން

ކާޑްސް" ނަމަކަށްކިޔާ ކާޑެއް މެދުވެރިކޮށެވެ. އެ ކާޑުތައް މިހާރު ދޫކުރަން

ފަށާފައިވާކަމަށާއި އެ ކާޑު މެދުވެރިކޮށް ބޭންކް އޮފް ޕަންޖާބު މެދުވެރިކޮށް އެ

ކާޑުތައް އެކްޓިވޭޓް ކުރެވި ރޯދަ މަހަށް ތަކެތި ގަތުމުގައި އެ ކާޑު ބޭނުން

ކުރެވޭނެ އިންތިޒާމެއް ހަމަޖައްސާފައިވާކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް