ޏ. ފުވައްމުލައް / މިސްކިތްމަގު. ރޯޝަން، ޢަބްދުﷲ ޝިފާޢު (26އ) - ފޮޓޯ: ޕޮލިސް
މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން މިހާރު ކުރިއަށްގެންދާ
އޮޕަރޭޝަން އަލިމަގުގެ ދަށުން ފުވައްމުލައް ސިޓީން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެ ދެ މީހުން
ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ވިއްކައި
ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
ހޮނިހިރު ދުވަހު، އޮޕަރޭޝަން އަލިމަގުގެ ތެރެއިން
ހިންގި އެ އޮޕަރޭޝަނުގައި އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު
މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށާއި އެ ތަކެތީގެ ވަގުތީ
ބަރުދަނަކީ 112.9 ގުރާމު ކަމަށާއި އަދި 25000 އަށް ވުރެ ގިނަ ދިވެހި ރުފިޔާ
ފެނިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ
ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޏ. ފުވައްމުލައް /
މިސްކިތްމަގު. ރޯޝަން، ޢަބްދުﷲ ޝިފާޢު (26އ) 15 ދުވަހަށް ބަންދުކުރުމަށް ވަނީ
އަމުރުކޮށްފައެވެ. އަނެއް މީހާ ކޯޓުން ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް