އެމެރިކާގެ އެއާޕޯޓެއްގައި ޕްރައިވެޓް ޖެޓެއް އުދުއްސާލިތަނުން ވެއްޓިއްޖެ – ފަސިންޖަރުންނަށް ވީގޮތް އަދި ކަށަވަރެއް ނޫން

އެމެރިކާގެ މެއިން ސްޓޭޓްގެ ބަންގޯރ ސިޓީގެ ބަންގޯރް އިންޓަނޭޝަނަލް އެއާޕޯޓުން އުދުއްސާލި ޕްރައިވެޓް ޖެޓެއް ހަމަ އުދުއްސާލިތަނުން ގޮވައިފިއެވެ. ރާއްޖޭ ގަޑީން ބަލަނީނަމަ މި ހާދިސާ ހިނގީ ފަތިހު 05:45 ހާއި...

26 Jan 2026 | 04:21
N/A

N/A

އެމެރިކާގެ މެއިން ސްޓޭޓްގެ ބަންގޯރ ސިޓީގެ

ބަންގޯރް އިންޓަނޭޝަނަލް އެއާޕޯޓުން އުދުއްސާލި ޕްރައިވެޓް ޖެޓެއް ހަމަ އުދުއްސާލިތަނުން

ގޮވައިފިއެވެ.

ރާއްޖޭ ގަޑީން ބަލަނީނަމަ މި ހާދިސާ ހިނގީ ފަތިހު

05:45 ހާއިރުގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ޖެޓަކީ

ބޮމްބާޑިއާ ޗެލެންޖާ 600 މަރުކާގެ ބިޒްނަސް ޖެޓެކެވެ. އޭގެ ޖެޓުތައް

އާންމުގޮތެއްގައި ގެންގުޅެނީ ބޮޑެތި މުއްސަދީންނެވެ.

އެ ވަގުތަކީ ފިނިގަދަ، ވައިގެ ސާފުމިން ދަށް

ވަގުތެއްކަމަށާއި އެ ޖެޓުގައި ޕައިލެޓާއި ކްރޫންނާއެކު އަށް ފަސިންޖަރަކު ތިބި

ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެއްވެސް ފަސިންޖަރެއްގެ ހާލާއިމެދު

ރަސްމީ ބަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް ބައެއް މަސްދަރުތަކުން އެ ސަރަހައްދުގެ

ބައެއް މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކުރާގޮތުގައި އެ ފްލައިޓް އުދުއްސާލިތާ މަދު

ވަގުތުކޮޅެއްގެ ތެރޭގައި ބާރު ގޮވުމެއްގެ އަޑެއް އިވުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް