މާލެއަށް އިރު އޮއްސެމުންދިޔަ ވަގުތުގެ މަންޒަރެއް - އާކައިވް ފޮޓޯ: ދުވަސް
އެކަނި ދަރީން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް
ދަޢުލަތުން ދޭ މާލީ އެހީ 15 ހާހާއި ހަމައަށް އިތުރުކުރަން ނިންމައިފިއެވެ.
އެކަން އެގޮތަށް ބަދަލުކުރުމަށް ގަވާއިދު ނަންބަރު 2016/R-39 އަށް މިއަދު
ވަނީ އިޞްލާޙެއް ގެނެސް ގެޒެޓުކޮށްފައެވެ.
ގެނައި އިޞްލާޙުގައިވާގޮތުން ޝަރުތު ހަމަވެގެން
އެހީ ހަމަޖެހޭ އެކަނި ދަރިން ބަލަހައްޓާ މައިންނަށް ނުވަތަ ބަފައިންނަށް މާލީ
އެހީގެ ގޮތުގައި މީލާދީ މަހެއްގެ ތެރޭގައި ލިބިދެވޭނީ ހަތަރު ކުދީންނާއި ހަމައަށް
ކޮންމެ ކުއްޖަކަށް ތިން ހާސް ރުފިޔާއެވެ. އަދި ހަތަރު ކުދީންނަށްވުރެ އިތުރަށް
ކުދީން ތިބިނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް މާލީ އެހީގެ ގޮތުގައި މީލާދީ
މަހެއްގެ ތެރޭގައި ލިބިދެވޭނީ އެއްހާސް ރުފިޔާ ކަމަށްވެސް ބުނެފައިއެވެ.
އިޞްލާޙުގައި ބުނެފައިވާގޮތުގައި އެ ގަވާއިދުގެ
ދަށުން އެކަނި ދަރީން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ
ގޮތުގައި މީލާދީ މަހެއްގެ ތެރޭގައި އެންމެ ގިނަވެގެން ލިބިދެވޭނީ 15 ހާސް
ރުފިޔާއެވެ.
މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ 1 ޖަނަވަރީ 2026
އިން ފެށިގެން ކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް