ޝަމްޢާން ވަޙީދު ބަންދުން ދޫކޮށްލައިފި

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުޙައްމަދު ޝަމްޢާން ވަހީދު ބަންދުން ދޫކޮށްލައިފިއެވެ. ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފައިވަނީ އޭނާ ދޫކޮށްލާފައިވަނީ ހެއްކަން ނުފޫޒު ފޯރުވުމުގެ އިޙ...

25 Dec 2025 | 10:47
N/A

N/A

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުޙައްމަދު ޝަމްޢާން

ވަހީދު ބަންދުން ދޫކޮށްލައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު

ބުނެފައިވަނީ އޭނާ ދޫކޮށްލާފައިވަނީ ހެއްކަން ނުފޫޒު ފޯރުވުމުގެ އިޙްތިމާލު

ކުޑަވެފައިވާކަމަށް ފެންނާތީ އެގޮތަށް އެދުމުން ކަމަށެވެ.

"މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށް ކްރިމިނަލް

ކޯޓަށް ހުށަހަޅާފައިވާ ދަޢުވާތަކާ ގުޅިގެން މައިގަނޑު ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާތީ،

ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު ކުޑަވެފައިވާކަމަށް ފެންނާތީ، ޝަރުތުތަކަކާއެކު

އޭނާ ބަންދުން ދޫކޮށްލުމަށް ދައުލަތުން ކޯޓުގައި އެދުމުން އެގޮތަށް މިއަދު ނިންމަވާފައިވެއެވެ." ޕީޖީ

އޮފީހުން ބުނެފައިވެއެވެ. އ

އެ އޮފީހުން އިތުރަށް ބުނެފައިވަނީ ޝަމްޢާން ބަންދުން

ދޫކޮށްލާފައިވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް