ކުޑަކުއްޖަކު ރަހީނުކޮށް މަރާލައި ފޮއްޓަކަށްލައި އެއްލާލި މައްސަލަ - 13 އަހަރުގެ ބަންދު އަމުރަކާއި ދެ މަސް ދުވަހުގެ ރޯދަ ހިފުމުގެ ހުކުމެއް

2021 ވަނަ އަހަރު އުމުރުން 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކ ރަހީނުކޮށް މަރާލައި ފޮއްޓަކަށްލައި މޫދަށް އެއްލައިލި މައްސަލައިގާ އެ މައްސަލައާއި ގުޅިގެން އޭރު ބަންދުކުރި، އޭރު އުމުރުން 17 އަހަރުގެ ކުއްޖާ...

25 Dec 2025 | 06:08
އެ ކުއްޖާ މަރާލައި އެއްލާލާފައި އޮތް ސަރަހައްދު -

އެ ކުއްޖާ މަރާލައި އެއްލާލާފައި އޮތް ސަރަހައްދު -

2021 ވަނަ އަހަރު އުމުރުން 13 އަހަރުގެ ކުޑަ

ފިރިހެން ކުއްޖަކ ރަހީނުކޮށް މަރާލައި ފޮއްޓަކަށްލައި މޫދަށް އެއްލައިލި މައްސަލައިގާ

އެ މައްސަލައާއި ގުޅިގެން އޭރު ބަންދުކުރި، އޭރު އުމުރުން 17 އަހަރުގެ ކުއްޖާގެ

މައްސަލަ ނިންމައި ހުކުމްކޮށްފިއެވެ.

އެގޮތުން މިއަދު ޕީޖީ އޮފީހުން ބުނެފައިވާގޮތުގައި

22 ޖޫން 2021 ދުވަހުގެ ދަންވަރު 02:00 ހާއިރު، ހުޅުމާލެ ފޭސް 2 ގެ ފަޅުތެރޭ މޫދުގައި

އޮތް ލަގެޖް ފޮއްޓެއްގެ ތެރެއިން 13 އަހަރުގެ ކުޑަކުއްޖެއްގެ ހަށިގަނޑު ފެނުނު މައްސަލާގައި،

ކުއްޖާ މަރާލިކަމަށް ތުހުމަތުކުރެވުނު 17 އަހަރުގެ ކުޑަކުއްޖެއްގެ މައްޗަށް އެ އޮފީހުން

ޖުވެނައިލް ކޯޓަށް ހުށަހެޅި ޤަޞްދުގައި މީހަކު މެރުމާއި، ހުއްދަނޫން ގޮތުގައި މީހަކު

ހިފެހެއްޓުމާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދަޢުވާތައް ސާބިތުވާކަމަށް

އެކޯޓުން އަންގާރަ ދުވަހު ހުކުމް ކޮށްފައިވެއެވެ.

"ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބެއްގެ

ގޮތުން 16 އަހަރާ 10 މަހާއި 7 ދުވަހަށް ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ބަންދުކުރުމަށް

އަމުރުކޮށް، ޙުކުމްކުރުމުގެ ކުރިން ބަންދުގައި ހޭދަކުރި 4 އަހަރާއި 6 މަހާއި 2 ދުވަސް

އުނިކުރުމުން ތަންފީޛުކުރަންޖެހޭ މުއްދަތަކީ 12 އަހަރާ 4 މަހާއި 5 ދުވަސް ކަމުގައި

ކަނޑައަޅައި ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން 2 މަސް ދުވަހު ރޯދަ ހިފުމަށް އަމުރުކުރެއްވި"

ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މި މައްސަލާގައި އިތުރު ބޮޑު މީހެއްގެ މައްޗަށް ކްރިމިނަލް

ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެކޯޓުން ޙުކުމެއް ކުރުމުން މަރުގެ ދިޔައާމެދު

ގޮތެއް ކަނޑައެޅުމަށްޓަކައި ޖުވެނައިލް ކޯޓަށް ހުށަހެޅުމަށް އެންގެވި ކަމަށްވެސް

ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އެ އޮފީހުން އިތުރަށް ބުނެފައިވާގޮތުގައި ހުއްދަނޫން

ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ އަދަބެއްގެ ގޮތުން 11 މަހާއި 9 ދުވަހަށް ޖުވެނައިލް

ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށް އަމުރުކުރެއްވިއެވެ. އަދި މައްޔިތާގެ ބޭނުން

ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 18 ދުވަހަށް ޖުވެނައިލް ޑިޓެންޝަން

ސެންޓަރެއްގައި ބަންދުކުރުމަށް އަމުރުކުރެއްވިއެވެ.

މި މައްސަލައިގެ ފަސް ފަހަތަށް ބަލައިލާއިރު 13

އަހަރުގެ ކުއްޖަކު ރަހީނު ކުރި މައްސަލަ ފުލުހުންނަށް ހުށަހެޅީ 2021 ވަނަ އަހަރުގެ

ޖޫން މަހުގެ 20 ވަނަ ދުވަހުގައެވެ. އެ ކުއްޖާ ހޯދަމުންދަނިކޮށް މަރާލާފައި އޮއްވާ

ފެނިފައިވަނީ ޖެހިގެން އައި ދުވަހުގެ ރޭ ދަންވަރު 2:38 ހާއިރުގައެވެ.

ފެނުނު އިރު އެ ކުއްޖާ އޮތީ ފޮށިގަނޑަކަށް ލާ،

ހުޅުމާލޭ ދެވަނަ ފިޔަވައްސާ ދިމާ މޫދަށް އެއްލައިލާފައެވެ. ކުއްޖާ މަރާލުމުގައި

ގިނަ އަނިޔާތަކެއް ދީފައިވާއިރު ކުއްޖާ ނޭވާ ހާސްކޮށްލަން ކަރުގައި އެއްޗެއް

އޮޅާފައިވާކަންވެސް އޭރު ފާހަގަވެގެންދިޔައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް