ކުއްލި ޙަބަރު: މާލެ ކަސްޓޯޑިއަލްގައި ހުރި މީހަކު ހޭނެތިގެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުން ބުނެފި

މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު، އޭނާ ހުރި ގޮޅިތެރޭގައި ހޭނެތިފައި އޮއްވާ ފެނުމުން 24 އޭޕްރީލް 2026 ވީ ދުވަހުގެ މެންދުރު ވަގުތު އައިޖީއެމްއެޗްއަށް ގެންގޮސްފިއެވެ. ހޮސްޕި...

25 Apr 2026 | 11:14
N/A

N/A

މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު، އޭނާ ހުރި ގޮޅިތެރޭގައި ހޭނެތިފައި އޮއްވާ ފެނުމުން 24 އޭޕްރީލް 2026 ވީ ދުވަހުގެ މެންދުރު ވަގުތު އައިޖީއެމްއެޗްއަށް ގެންގޮސްފިއެވެ.

ހޮސްޕިޓަލާ ހަވާލާދީ މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މީހާ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ވަނީ މަރުވެފައެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަންދުކޮށްފައި ހުރި އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ބަންދުގައި ހުރީ ކޯޓަށް ހާޒިރުކުރުމަށްޓަކައި ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ މައްސަލައެއްގައެވެ.

މި ހިތާމަވެރި ހާދިސާގެ ތަފްސީލުތައް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާ މިހާރު ވަނީ ހިއްސާކުރެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް