N/A
ދިވެހި ފުލުހުންގެ ޚިދުމަތުގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑް (ޕީއެސްސީ) ގެ ހެޑް، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ރަޝީދާ މެދު ފިޔަވަޅު އެޅި ކަމަށް ބައެއް މީޑިއާތަކުން ފެތުރީ ސައްޙަ ނޫން މަޢުލޫމާތު ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ، ޙުސައިން ރަޝީދުގެ އެއްވެސް މައްސަލައެއް ޕީއެސްސީން ބަލައިފައި ނުވާ ކަމަށާއި، އެއްވެސް މައްސަލައަކާ ގުޅިގެން އޭނާއާ ސުވާލުކޮށް، އެއްވެސް ބާވަތެއްގެ ފިޔަވަޅެއް ވެސް އަޅާފައި ނުވާކަން ރިކޯޑުތަކުން ސާފުވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ ޕީއެސްސީގެ ހެޑްގެ މަޤާމަށް ޙުސައިން ރަޝީދު އައްޔަނުކޮށްފައި ވަނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް