ވައްކަމުގައި އުޅުނު މީހަކު ހައްޔަރުކުރުމުން ބުނީ، ބޮނީ ހެރޮއިން ކަމަށް - ނިދާނެ ތަނެއް މާލެ ހުޅުމާލޭގައި ނެތް ކަމަށް

ހުޅުމާލޭ ފްލެޓެއްގެ ޓެރެސް އިން ކޮޕަރ ފަތިތަކެއް ވަގަށް ނަގަން އުޅުނު މީހަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަން ބަންދު އަމުރުން އެނގިއްޖެއެވެ. މި މައްސަލައ...

25 Mar 2026 | 15:55
މަންޒަރު ސިފަކޮށްދިނުމަށް ދުވަސްގެ ގްރެފިކްސް ޓީމުން އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

މަންޒަރު ސިފަކޮށްދިނުމަށް ދުވަސްގެ ގްރެފިކްސް ޓީމުން އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

ހުޅުމާލޭ ފްލެޓެއްގެ ޓެރެސް އިން ކޮޕަރ ފަތިތަކެއް ވަގަށް ނަގަން އުޅުނު މީހަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަން ބަންދު އަމުރުން އެނގިއްޖެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ރ. އިނގުރައިދޫ، ކެތި، އަޙްމަދު ޙުސައިންމަނިކު (42އ) އެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ވައްކަމުގެ ކުށެވެ.

ބަންދު އަމުރުގައިވާ ގޮތުން އާމާން އުދަރެސް 4 ގެ ޓެރެސް އިން ކޮޕަރ ފަތިތަކެއް ނައްޓާ ތަން ފުލުހުންނަށް ފެނިފައިވެއެވެ. އަދި އޭނާގެ އަތުން އެކި ބާވަތުގެ ޓޫލްސް ހުރި ދަބަހެއް ވެސް ފެނިފައިވެއެވެ.

ބަންދު އަމުރުގެ އިތުރު ބަޔާނުގައިވާ ގޮތުން، އޭނާ ބުނެފައި ވަނީ އޭނާ އަކީ މަސްތުވުމަށް ހެރޮއިން ބޭނުންކުރާ މީހެއް ކަމަށެވެ. އަދި ނިދާނެ ތަނެއް މާލެ / ހުޅުމާލޭގައި ނެތުމުން ނިދަނީ އެކި ތަންތާގައި ކަމަށެވެ.

މީނާ ބަންދުކޮށްފައި ވަނީ މުޖުތަމައުގެ ސަލާމާތާ ރައްކާތެރިކަމަށްޓަކައި، ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށެވެ. ބަންދުގެ މުއްދަތު ހަމަވާނީ 9 އެޕްރީލް 2026 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް