ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ފެބްރުއަރީ މަހު އިތުރުވެއްޖެ

މި އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާ އިރު ފެބްރުއަރީ މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އިތުރުވެފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވ...

25 Mar 2026 | 09:40
N/A

N/A

މި އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާ އިރު ފެބްރުއަރީ މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އިތުރުވެފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖެނުއަރީ މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ 64 މައްސަލައެއް ރިޕޯޓުކޮށްފައިވާ އިރު، ފެބްރުއަރީ މަހު އެ އަދަދު ވަނީ 74 އަށް އިތުރުވެފައެވެ. ފެބްރުއަރީ މަހު އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ 21 މައްސަލައެވެ. ޖިންސީ ހާނިއްކައިގެ 13 މައްސަލައެއް ހުށަހެޅިފައިވާ އިރު، ޖިސްމާނީ ހާނިއްކައިގެ މައްސަލަ ވަނީ ޖެނުއަރީ މަހުގެ ހަތަރު މައްސަލައިން 12 މައްސަލައަށް ތިން ގުނަ އިތުރުވެފައެވެ. ނަފްސާނީ ހާނިއްކައިގެ މައްސަލަ ވެސް ހަތަކުން 11 އަށް އިތުރުވެފައިވެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތައް ވެސް ވަނީ ޖެނުއަރީ މަހުގެ 45 މައްސަލައިން ފެބްރުއަރީ މަހު 48 އަށް އިތުރުވެފައެވެ. ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ޖިސްމާނީ އަނިޔާކުރުމުގެ 30 މައްސަލައެވެ. އެ މައްސަލަތަކުގެ ތެރެއިން 39 މައްސަލައަކީ އަންހެނުންނާ ގުޅޭ މައްސަލަތަކެވެ.

ނަމަވެސް ޢާއިލީ މައްސަލަތައް ވަނީ ޖެނުއަރީ މަހުގެ 46 މައްސަލައިން ފެބްރުއަރީ މަހު 33 އަށް ދަށްވެފައެވެ. ހެލްޕްލައިނަށް ލިބުނު ކޯލުގެ އަދަދު ވެސް 2،292 އިން 1،802 އަށް ދަށްވެފައިވާ އިރު، ކައުންސިލިން ސެޝަންތައް ވަނީ 62 އިން 82 އަށް އިތުރުވެފައެވެ. ފެބްރުއަރީ 28 ގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި 152 ކުއްޖަކު ތިބި އިރު، ދެ ކުއްޖަކު ވަނީ ފޮސްޓަރިން ޢާއިލާތަކާ ހަވާލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް