އެކްސިޑެންޓްގައި ނިޔާވި ދަރިވަރުގެ ޖަނާޒާ މިއަދު އަސުރަށްފަހު އާސަހަރާ މިސްކިތުގައި

ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވެ ފަރުވާ ދެމުން ދަނިކޮށް ނިޔާވި 16 އަހަރުގެ ދަރިވަރުގެ ޖަނާޒާ، މިއަދު އަސުރު ނަމާދަށް ފަހު މަސްޖިދުއްތަޢާވުނި (އާސަހަރާ މިސްކިތް) ގައި ބާއްވަން ނ...

25 Feb 2026 | 09:42
ބ. ދަރަވަންދޫ، ހިޔަލީގުލްޝަން، އުމުރުން 16 އަހަރުގެ މުޙައްމަދު ނިހާން ނާޒިމް -

ބ. ދަރަވަންދޫ، ހިޔަލީގުލްޝަން، އުމުރުން 16 އަހަރުގެ މުޙައްމަދު ނިހާން ނާޒިމް -

ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވެ ފަރުވާ ދެމުން ދަނިކޮށް ނިޔާވި 16 އަހަރުގެ ދަރިވަރުގެ ޖަނާޒާ، މިއަދު އަސުރު ނަމާދަށް ފަހު މަސްޖިދުއްތަޢާވުނި (އާސަހަރާ މިސްކިތް) ގައި ބާއްވަން ނިންމައިފިއެވެ.

ނިޔާވީ ބ. ދަރަވަންދޫ، ހިޔަލީގުލްޝަން، މުޙައްމަދު ނިހާން ނާޒިމެވެ. ނިހާނަކީ އިމާދުއްދީން ސްކޫލުގައި އޯލެވެލް ހަދަމުން ދިޔަ ދަރިވަރެކެވެ.

މި އެކްސިޑެންޓް ހިނގީ ބޮޑުތަކުރުފާނު މަގު ބްރިޖް ލައިޓް ކައިރިން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ޕޭމެންޓް މައްޗަށް އެރުމުންނެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، ސައިކަލު ދުއްވަން އިނީ 19 އަހަރުގެ ފިރިހެނެކެވެ. އަދި އެ ސައިކަލު ދުއްވާފައި ވަނީ އެ އުޅަނދު ދުއްވުމުގެ ލައިސެންސް ނެތް މީހެކެވެ.

އިމާދުއްދީން ސްކޫލުން ވަނީ ނިހާން ނިޔާވުމާ ގުޅިގެން ހިތާމަފާޅުކޮށް ތައުޒިޔާ ކިޔައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް