ހުޅުމާލޭ ތިންވަނަ ފިޔަހީގެ ބިން ހިއްކުން ނިންމާލެވިއްޖެ – ދެން އޮތީ ގިރާވަރު ފަޅު ނިންމާލުން: ރައީސް މުޢިއްޒު

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫޢު ނިމިފައިވާކަން ރަސްމީކޮށް ރައީސް އިޢުލާނުކުރައްވައިފިއެވެ. ކުރިން އެ ސަރަހައްދު އޮތް ގޮތުގެ ފޮޓޯއަކާއި މިހާރު އޮތް ގޮތުގެ ފޮޓޯއެއް ހިއްސާކުރައްވަމ...

25 Jan 2026 | 11:29
N/A

N/A

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫޢު

ނިމިފައިވާކަން ރަސްމީކޮށް ރައީސް އިޢުލާނުކުރައްވައިފިއެވެ.

ކުރިން އެ ސަރަހައްދު އޮތް ގޮތުގެ ފޮޓޯއަކާއި މިހާރު އޮތް

ގޮތުގެ ފޮޓޯއެއް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ ހުޅުމާލޭ ފޭސް ތިނެއްގެ ބިން

ހިއްކުން ކާމިޔާބުކަމާއެކު އެ ނިންމާލެވުނީ ކަމަށާއި ކުރިއަށް ދެން އޮތީ ގިރާވަރު

ފަޅު ބިން ހިއްކާ ނިންމާލުން ކަމަށެވެ.

ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މޯލްޑިވްސް އެއާޕޯޓްސް

ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ. މި މަޝްރޫއުގެ ދަށުން ހިއްކުމަށް ހަމަޖެހިފައި

އޮތީ ޖުމްލަ 63 ހެކްޓަރުގެ ބިމެވެ.

އެމްއޭސީއެލް އިން ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ރަސްމީކޮށް

ފަށާފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް