މަސްތުވާތަކެއްޗާއެކު ދުވާފަރުން ނޫކަށިފުރާ ދެ ޒުވާނަކު ހައްޔަރު

މަސްތުވާތަކެއްޗާއެކު ރ. ދުވާފަރުން، ނޫކަށިފުރާ ދެ ޒުވާނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ދުވާފަރު ޕޮލިސް ގުޅިގެން މި މަހު 23 ވަނަ ދުވަހު ހިންގި ...

25 Jan 2026 | 06:26
ހައްޔަރުކުރި ދެ ޒުވާނުން - ފޮޓޯ: ޕޮލިސް

ހައްޔަރުކުރި ދެ ޒުވާނުން - ފޮޓޯ: ޕޮލިސް

މަސްތުވާތަކެއްޗާއެކު ރ. ދުވާފަރުން، ނޫކަށިފުރާ ދެ

ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި ކައުންޓަރ ނާކޮޓިކްސް

އިންޓެލިޖެންސާއި ދުވާފަރު ޕޮލިސް ގުޅިގެން މި މަހު 23 ވަނަ ދުވަހު ހިންގި

އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ ރ. ދުވާފަރު / ސެމަންވިލާ ، ޢަލީ މައިސާން

(20އ) އާއި ރ. ދުވާފަރު / ގުރީންހެވަން، ހޫދު ޙުސައިން (18އ) އެވެ. މި ދެމީހުން

ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި

އަށް ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ

ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ހަތްދުވަހަށް

ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް