ހަފުތާ ނިމެންވާއިރަށް އަތޮޅުތަކަށް ރޯދަ ހަދިޔާ ފޮނުވާ ނިމޭނެ: ވަޒީރު

މި ހިނގާ ހަފުތާ ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ރޯދަ ހަދިޔާ ފޮނުވާ ނިމޭނެކަމުގައި މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަމަންޓް، ޕަބްލިކް ވޯކްސްގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ...

25 Jan 2026 | 05:49
މާލެ ސަރަހައްދުގައި ރޭުަގައި މަސްދަޅުކޭސް ބެހުމުގެ މަސައްކަތް ކުރިއަށްދިޔަގޮތް ވަޒީރު ބައްލަވައިލައްވަނީ - ފޮޓޯ: އެ ވުޒާރާ

މާލެ ސަރަހައްދުގައި ރޭުަގައި މަސްދަޅުކޭސް ބެހުމުގެ މަސައްކަތް ކުރިއަށްދިޔަގޮތް ވަޒީރު ބައްލަވައިލައްވަނީ - ފޮޓޯ: އެ ވުޒާރާ

މި ހިނގާ ހަފުތާ ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ

ކަންކޮޅުތަކަށް ރޯދަ ހަދިޔާ ފޮނުވާ ނިމޭނެކަމުގައި މިނިސްޓްރީ އޮފް ސިޓީސް ލޯކަލް

ގަވަމަންޓް، ޕަބްލިކް ވޯކްސްގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވެފައިވަނީ އަތޮޅުތަކަށް މަސްދަޅު

ކޭސް ފޮނުވުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. ހުރިހާ ގޭބިސީތަކަށްވެސް

ރޯދަ ހަދިޔާ ލިބޭނެ ކަމުގެ ޔަޤީންކަން ވަޒީރު ތަކުރާރު ކުރެއްވިއެވެ.

ރޯދަ ހަދިޔާގެ ގޮތުގައި މި އަހަރުވެސް ސަރުކާރުން

ދެމުން އަންނަނީ މަސް ދަޅު ކޭހެވެ. މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ރޭގައި ވަނީ

ބަހަން ފަށާފައެވެ.

މިނިސްޓްރީން ބުނެފައިވާގޮތުގައި ރަށްރަށާއި،

ސިޓީތަކަށް މަސްދަޅު ކޭސްތައް ފޮނުވުމުގެ މަސައްކަތް ކުރާނީ އެސްޓީއޯއިންނެވެ.

އަދި ރަސްރަށުގައްޔާއި ސިޓީތަކުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރާނީ އެ

ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުންނެވެ.

އެ މިނިސްޓްރީން އިތުރަށް ބުނެފައިވާގޮތުގައި މިނިސްޓްރީން

ގޭބިސީ ލިސްޓް އެކުލަވައިލި އިރު ރަށްރަށާއި، ސިޓީތަކުގެ ގޭބިސީގެ ޖުމުލަ ޢަދަދަކީ

56,918 އެވެ. ގްރޭޓަރ މާލެ ސަރަޙައްދުގެ ޑޮމެސްޓިކް މީޓަރގެ ޢަދަދަކީ 61,755 އެވެ.

ވުމާއެކު މުޅި ޖުމުލަ ގޭބިސީގެ ޢަދަދަކީ 118,673 އެވެ.

މާލޭ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުމަށް

ހަމަޖެހިފައި ވަނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ.

ރޯދަ ހަދިޔާގެ ޑިސްޓްރިބިއުޝަނަށް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ރޯދަހަދިޔާ

ޕޯޓަލް roadhahadhiya.mv މެދުވެރިކޮށް

ނަންބަރު ނެގޭނެއެވެ. އަންނަ ފެބުރުވަރީ މަހުގެ 11ގެ ނިޔަލަށް ރޯދަހަދިޔާ ބެހުމުގެ

މަސައްކަތް ކުރިއަށްދާނެއެވެ.

ގްރެޓަރ މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ބަހަން 15

މަރުކަޒެއް ގާއިމު ކުރެވިފައިވެއެވެ. އެއީ މާލޭގައި 8 މަރުކަޒާއި، ވިލިމާލޭގައި 1

މަރުކަޒާއި އަދި ހުޅުމާލޭގައި 6 މަރުކަޒެވެ.

މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަން:

މާލެ

- މިފްކޯ މަރުކަޒު

- ސޯޝަލް ސެންޓަރު

- އެމްޓީސީސީ ސޯމިލު

- ހެންވޭރު ބޯޅަދަނޑު

- ގަލޮޅު ދަނޑު (1)

- ގަލޮޅު ދަނޑު (2)

- ގަލޮޅު ދަނޑު (3)

- ގަލޮޅު ދަނޑު (4)

ހުޅުމާލޭ ފުރަތަމަ ފިޔަވަހި

- ޢުމަރު ޒާހިރު ބިލްޑިންގ

- ޕޮލްކޯ ޓަވަރ ތިރި

- މުޙައްމަދު ޤާސިމް ޕްރީ ސްކޫލް

ހުޅުމާލޭ ދެވަނަ ފިޔަވަހި

- ކާމިލުދީދީ ސްކޫލް

- ހިޔާޓަވަރު 10

- އެމްޕީއެލް ޓަވަރު -ޕީ

- ވިލިމާލެ

- ވެމްކޯސައިޓް

މަސްދަޅުކޭސް ލިބުމުގައި މައްސަލައެއް ދިމާވެގެން

އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުން ވެއްޖެ ނަމަ ޓެލެގްރާމް މެދުވެރިކޮށް

މެސެޖަކުން ހުށަހެޅުއްވޭނެއެވެ. މި ކަމަށް ޚާއްޞަކުރެވިފައިވާ ނަންބަރަކީ 7741446

އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް