ބިދޭސީންގެ މެދުގައި ބޮޑު ސްކޭމެއް ހިންގި ބިދޭސީންތަކެއް ހައްޔަރު

ބިދޭސީންގެ މެދުގައި މަކަރާއި ހީލަތުން ފައިސާ ހޯދަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ. ދުވަހަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ ވޯކް ޕާމިޓާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރުމާއި، ރާއްޖޭގައި މަސައް...

25 Jan 2026 | 04:04
ހައްޔަރުކުރި މީހުން - ފޮޓޯ: ޕޮލިސް

ހައްޔަރުކުރި މީހުން - ފޮޓޯ: ޕޮލިސް

ބިދޭސީންގެ މެދުގައި މަކަރާއި ހީލަތުން ފައިސާ ހޯދަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.

ދުވަހަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ ވޯކް ޕާމިޓާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރުމާއި، ރާއްޖޭގައި މަސައްކަތް ކުރުމަށް ވޯކް ޕާމިޓް ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން، އެހެން ބިދޭސީންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި މަނީ ލޯންޑަރިންގްގެ އަމަލުތައް ހިންގަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހަ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަނގްލަދޭޝްއަށް ނިސްބަތްވާ މުޙައްމަދު އިމޮން ކަޒި (30އ) އާއި އަފްޖަލް ހޮސައިން (31އ) އާއި ޙަބީބުއްރަޙްމާން (35އ) އާއި މުޙައްމަދު ޙަނީފް ބަޕަރީ (46އ) އާއި ކަޒި ރައިހާން (22އ) އަދި މުޙައްމަދު ޔޫސުފް ޕްރޮދަން (30އ) އެވެ.

އެމީހުންގެ ތެރެއިން މުޙައްމަދު އިމޮން ކަޒި އާއި ކަޒި ރައިހާން އަދި މުޙައްމަދު ޔޫސުފް ޕްރޮދަން ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 22 ވަނަ ދުވަހު ކަމަށާއި އަފްޖަލް ހޮސައިން އާއި ޙަބީބުއްރަޙްމާން ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 23 ވަނަ ދުވަހު ކަމަށާއި އަދި މުޙައްމަދު ޙަނީފް ބަޕަރީ ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 30 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

މުޙައްމަދު އިމޮން ކަޒި 2026 ޖެނުއަރީ 22 ވަނަ ދުވަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އަފްޖަލް ހޮސައިން އަދި ޙަބީބުއްރަޙްމާން 2026 ޖެނުއަރީ 23 ވަނަ ދުވަހު ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވެއެވެ. މުޙައްމަދު ޙަނީފް ބަޕަރީ 2026 ޖެނުއަރީ 15 ވަނަ ދުވަހު ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ކަޒި ރައިހާން އާއި މުޙައްމަދު ޔޫސުފް ޕްރޮދަން 2026 ޖެނުއަރީ 12 ވަނަ ދުވަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޮޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް