ޕާކިސްތާނުގައި 5 ފުލުހަކު މަރާލައިފި

ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ދިން ބޮމުގެ ހަމަލާއެއްގައި ފަސް ފުލުހަކު މަރުވެއްޖެއެވެ. މި ހަމަލާގެ ޒިންމާ ނަގާފައިވަނީ ޕާކިސްތާނުގެ ހަތިޔާރުއެޅި ޖަމާއަތެއް ކަމަށްވާ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓ...

24 Dec 2025 | 16:38
N/A

N/A

ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ދިން ބޮމުގެ ހަމަލާއެއްގައި ފަސް ފުލުހަކު މަރުވެއްޖެއެވެ.

މި ހަމަލާގެ ޒިންމާ ނަގާފައިވަނީ ޕާކިސްތާނުގެ ހަތިޔާރުއެޅި ޖަމާއަތެއް ކަމަށްވާ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އިންނެވެ. ތެހެރިކޭ ތާލިބާން ޖަމާޢަތުން ޕާކިސްތާނުގެ ސަރުކާރުގެ ސަލާމަތީ ބާރުތަކާ ދެކޮޅަށް ހަނގުރާމަ ކުރާތާ މިހާރު ވިއްސަކަށް އަހަރު ވެއްޖެއެވެ.

ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސްގެ ފުލުހުން ބުނީ ފުލުހުންގެ ވެހިކަލަށް ހަމަލާ ދިނީ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވްސް ބޭނުންކޮށްގެން ކަމަށާއި އެ ހަމަލާގައި ހަތަރު ފުލުހުންނާއި ޑްރައިވަރު މަރުވެފައިވާ ކަމަށެވެ. ރައްދުގައި ސަލާމަތީ ބާރުތަކުން ދިން ހަމަލާތަކުގައި ހަނގުރާމަވެރިންގެ ތެރެއިން 8 ހަނގުރާމަވެރިން ސަލާމަތީ ބާރުތަކުން މަރާލާފައިވެއެވެ. މިހަމަލާ ކުށްވެރި ކުރައްވައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ފުލުހުން އަބަދުވެސް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާނެ ކަމަށެވެ.

މި ހަމަލާ ދީފައި ވަނީ ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގަ އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވި ފަހުން އެ ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އިތުރުވެފައިވާއިރު އަފްޣާނިސްތާނުގެ ސަރަހައްދު ބޭނުންކޮށްގެން ހަތިޔާރުއެޅި ޖަމާއަތްތަކުން ޕާކިސްތާނަށް ހަމަލާތައް ދޭކަމަށް ޕާކިސްތާނުން ތުހުމަތުކުރެއެވެ. އެހެންނަމަވެސް އަފްޣާނިސްތާނުން އެތުހުމަތުތައް ދޮގުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް