ތޫފާނުގައި ލިބުނު ގެއްލުމުން އަރައިގަތުމަށް ލަންކާއަށް އިންޑިއާއިން އެހީގެ ގޮތުގައި 450 މިލިޔަން ޑޮލަރު ދޭން ނިންމައިފި

ތޫފާން ދިތުވާގައި ލަންކާއަށް ލިބުނު ގެއްލުމުން އަރައިގަތުމަށް އިންޑިއާއިން 450 މިލިޔަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދޭން ނިންމާފައިވާކަން ހާމަކޮށްފިއެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރ...

24 Dec 2025 | 16:27
ލަންކާގެ ހާލަތު ފެންނަ މަންޒަރެއް - ރޮއިޓާސް ފޮޓޯ: އަކިލާ ޖަޔަވަރްދެނާ

ލަންކާގެ ހާލަތު ފެންނަ މަންޒަރެއް - ރޮއިޓާސް ފޮޓޯ: އަކިލާ ޖަޔަވަރްދެނާ

ތޫފާން ދިތުވާގައި ލަންކާއަށް ލިބުނު ގެއްލުމުން އަރައިގަތުމަށް

އިންޑިއާއިން 450 މިލިޔަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދޭން ނިންމާފައިވާކަން

ހާމަކޮށްފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު

ސުބްރަމަނިޔަމް ޖައިޝަންކަރު މިކަން ހާމަކުރައްވާފައިވަނީ މިހާރު ލަންކާއަށް

ކުރައްވަމުންގެންދަވާ ދަތުރުފުޅުގައެވެ.

އިންޑިއާގެ މި އެހީ މައިގަނޑުގޮތެއްގައި ދޭނީ ހަލާކުވެފައިވާ

ރޭލުގެ ނިޒާމު ރަނގަޅު ކުރުމަށާއި ތޫފާނުގައި އެންމެ ބޮޑަށް ގެއްލުންވި

ސަރަހައްދުތަކުގެ މަގުތަކާއި ބްރިޖްތަކާއި ގެތައްވެސް މަރާމާތު ކުރުމަށެވެ.

ތޫފާން ދިތުވާގައި ލަންކާއިން 643 މީހަކު މަރުވިއެވެ.

ގެއްލިފައިވާ މީހުންގެ ޢަދަދު 200 އާއި ގާތްކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް