ސަފާރީއެއްގައި އަލިފާނުގެ ހާދިސާއެއް – ފަތުރުވެރިންނާ ފަޅުވެރިން ސަލާމަތްކުރި

ސަފާރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސަލާމަތީ ޚިދުމަތްތަކުން ހަރަކާތްތެރިވަމުން އަންނަކަމަށް އެ ޚިދުމަތްތަކުން ބުނެފިއެވެ. އެގޮތުން މީޑިއާތަކަށް މަޢުލޫމާތުދެމުން ދިވެހި ފުލުހުން ބުނެފައިވަ...

24 Dec 2025 | 16:19
N/A

N/A

ސަފާރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސަލާމަތީ

ޚިދުމަތްތަކުން ހަރަކާތްތެރިވަމުން އަންނަކަމަށް އެ ޚިދުމަތްތަކުން ބުނެފިއެވެ.

އެގޮތުން މީޑިއާތަކަށް މަޢުލޫމާތުދެމުން ދިވެހި ފުލުހުން

ބުނެފައިވަނީ ވ. އަތޮޅު ކުޑަ އަންބަރާ ދިމާ 3 މޭލު ބޭރުގައި އޮތް  “ޔަސާވާ ޕްރިންސެސް “ ނަމަކަށް ކިޔާ ސަފާރީއެއްގައި

އަލިފާން ރޯވެފައިވާ ކަމަގެ މައުލޫމާތު 2025 ޑިސެންބަރު 24 17:54 އެހާކަންހާއިރު ފުލުހުންނަށް

ލިބިފައިވާކަމަށެވެ.

"މައުލޫމާތު ލިބުމާއެކު ފުލުހުން

ވަނީ އެސަރަހައްދަށް ގޮސް ސަފާރީގައި ތިބި މީހުންނާއި ފަޅުވެރިން ސަލާމަތްކޮށް ފެލިދޫއަށް

ގެނެސްފައި، ސަލާމަތް ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 17 ފަތުރުވެރިންނާއި

އަށް ފަޅުވެރިން" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި ފަތުރުވެރިންގެ

ތެރޭގައި ހިމެނެނީ ފަސް ފިރިހެން އަދި 12 އަންހެނުންނެވެ.  ފަޅުވެރިންގެ ތެރޭގައި ހިމެނެނީ ތިން ދިވެހިން އަދި

ފަސް ބަންގްލަދޭޝް ފިރިހެނުންނާއި ޖަރުމަނު ރައްޔިތެކެވެ.

ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން

އަންނައިރު މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށްވެސް

ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް