ރައީސް ނަޝީދާއި ރައީސް ސޯލިހް އަތުގުޅާލައިފި – ވިދާޅުވީ ކައިރި ނުވެވޭހާ ދުރު ނުވާކަމަށް

ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް، ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް އެކުގައި ނިކުމެ އަތުގުޅާލައްވައިފިއެވެ. މި ދެބޭފުޅުން މިއަދު އެމްޑީޕީގެ އޮފީހުގައި ބައްދަލުކުރައްވާފައިވާއި...

24 Dec 2025 | 10:22
ދެ ރައީސުން އެކުގައި -

ދެ ރައީސުން އެކުގައި -

ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް، ރައީސް އިބްރާހިމް

މުޙައްމަދު ސޯލިހް އެކުގައި ނިކުމެ އަތުގުޅާލައްވައިފިއެވެ.

މި ދެބޭފުޅުން މިއަދު އެމްޑީޕީގެ އޮފީހުގައި ބައްދަލުކުރައްވާފައިވާއިރު ރައީސް

ނަޝީދާއި ރައީސް ސޯލިހް ވިދާޅުވީ އެކުގައި މަސައްކަތް ކުރައްވަން ނިންމެވީ

އެމްޑީޕީގެ ހަރަކާތްތައް ވަރުގަދަކުރުމާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު

ކާމިޔާބު ކުރުމާއިމެދުގައި ކަމަށެވެ.

2023 ގެ ރިޔާސީ އިންތިޚާބާއެކު ދެ ބޭފުޅުންގެ ހިޔާލު ތަފާތުވެ ވަކިވެގެންދިޔަ

މަންޒަރު އޭރު ފެނިގެންދިޔައިރު މިއަދު ދެބޭފުޅުންވެސް ފާހަގަކުރެއްވީ ކައިރި ނުވެވޭހާ

ދުރު ނުވާކަމަށާއި ދުރުވެވެންވެސް ނެތް ކަމަށެވެ.

ޤައުމުގެ ހާލަތަށް ބަލައި ކުރީގެ އެހެން ރައީސުންނަށްވެސް އިސްލާހީ

މަސައްކަތަށް ދެ ބޭފުޅުން ދައުވަތު އެރުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް