ސައުދީގެ ޒުވާން އަމީރަކު ލަންޑަންގައި މަރުވެފައި އޮއްވަ ފެނުނީ އޯވާ ޑޯޒު ވެގެން ކަމަށް ނިންމައިފި

ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ޒުވާން އަމީރެއް ކަމަށްވާ ޢަބްދުﷲ ބިން ފަހުދު ބިން ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒް ބިން ޖަލަވީ އާލް ސަޢޫދު އިނގިރޭސިވިލާތުގެ ލަންޑަންގެ ހޮޓަލެއްގައި މަރުވެފައި އޮއްވަ ފެނު...

24 Jul 2026 | 17:06
ސައުދީ ޒުވާން އަމީރު ލަންޑަންގައި މަރުވެފައި އޮއްވަ ފެނުނީ އޯވާ ޑޯޒު ވެގެން ކަމަށް ވަނީ ނިންމާފައި  --

ސައުދީ ޒުވާން އަމީރު ލަންޑަންގައި މަރުވެފައި އޮއްވަ ފެނުނީ އޯވާ ޑޯޒު ވެގެން ކަމަށް ވަނީ ނިންމާފައި --

ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ޒުވާން އަމީރެއް ކަމަށްވާ ޢަބްދުﷲ ބިން ފަހުދު ބިން ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒް ބިން ޖަލަވީ އާލް ސަޢޫދު އިނގިރޭސިވިލާތުގެ ލަންޑަންގެ ހޮޓަލެއްގައި މަރުވެފައި އޮއްވަ ފެނުނީ އޯވާ ޑޯޒް ވެގެން ކަމަށް ނިންމައިފި އެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 19 ގައި އެވެ. އުމުރުން 29 އަހަރުގެ އަމީރު މަރުވެފައި އޮއްވަ ފެނުނީ ލަންޑަންގެ މެރިއޮޓް ހޮޓެލް ކެންސިންގްޓަންގައި އޭނާ ހަފްތާއަކަށް ކުއްޔަށް ހިފި ކޮޓަރީގެ ފާހާނާގައި އެވެ.

އޭނާ މަރުވެފައި އޮއްވަ ފެނުނީ ޖެހިގެން އައި ދުވަހު ކޮޓަރި ސާފު ކުރަން ވަތް މުވައްޒަފަށެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް އިނާ ވެސްޓް ލަންޑަން ކޮރޯނާޒް ކޯޓުން ކުރި ހުކުމާއި އެކު ހިންގި ތަހުގީގު ރިޕޯޓު މިހާރު ވަނީ އާންމުކޮށްފައި އެވެ. އެ ތަހުގީގާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އަމީރު މަރުވީ ޕާޓީ ޑްރަގާއި ރަލުގެ ބާވަތްތަކާއި އެއްކޮށްގެން ބުއިމުގެ ސަބަބުން ހިތް ހުއްޓިގެންނެވެ.

ކޯޓުގެ އަމުރަށް ހެދި ޓޮކްސިކޮލޮޖީ ރިޕޯޓުން ދައްކާ ގޮތުގައި ލޭގައި ހުރި ރަލުގެ މިންވަރު އިނގިރޭސިވިލާތުގައި ވެހިކަލް ދުއްވުމަށް ހުއްދަ ކުރެވޭ މިންގަނޑުގެ ގާތްގަނޑަކަށް ތިން ގުނަ އިތުރެވެ.

ކޯޓަށް ހުށަހެޅުނު ހެކިތަކުން އެނގުނު ގޮތުގައި އަމީރަކީ ކުރިންވެސް މަސްތުވާތަކެތި ބޭނުންކޮށް، އެކަމުން ސަލާމަތްވާން ރިހެބިލިޓޭޝަން ސެންޓަރަކުން ފަރުވާ ހޯދާފައިވާ ބޭފުޅެކެވެ.

މި ތަހުގީގީ ރިޕޯޓަށް ބަލައި ކޯޓުން ނިންމާފައިވަނީ އަމީރުގެ މަރަކީ އިތުރު މީހެއްގެ ބައިވެރިވުމެއް އޮވެގެން ހިނގާފައިވާ ކަމެއް ނޫން ކަމަށެވެ. އެގޮތަށް ނިންމީ ފަހު ވަގުތުތަކުގައި އަމީރު ހުންނެވީ އެކަނި ކަންވެސް ޔަޤީން ކުރެވިފައިވާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް