ހުޅުމާލޭގައި ބަނގުރާ ވިއްކުމުގައި އުޅުނު މުރްގެސަން ހައްޔަރު

ބަނގުރާ ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން އިންޑިއާގެ ރައްޔިތެއް ކަމަށްވާ ދިނެޝް ކުމާރު މުރްގެސަން (26 އ.) ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ...

24 Jul 2026 | 15:11
N/A

N/A

ބަނގުރާ ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން އިންޑިއާގެ ރައްޔިތެއް ކަމަށްވާ ދިނެޝް ކުމާރު މުރްގެސަން (26 އ.) ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ގުޅިގެން ޖުލައި 23 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ހުޅުމާލެ ފޭސް 1 ދިއްގާމަގުން އޭނާ ހުއްޓުވައި ބަލައި ފާސްކުރި އިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 18 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އޭގެ ފަހުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި އިތުރު 53 ފުޅި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމުން ތިން ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް