ކަނޑުމަގުން ރާއްޖެ އެތެރެ ކުރަން އުޅުނު ފަސް މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

ރާއްޖެއަށް ކަނޑުމަގުން އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. ކަސްޓަމްސްއިން ބުނީ އެތަކެތި އަތުލައިގެންފައިވަނީ މިމަހުގެ 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެ...

24 Jul 2026 | 08:29
މީގެ ކުރިން ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތިތަކެއް -- ފޮޓޯ: ކަސްޓަމްސް

މީގެ ކުރިން ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތިތަކެއް -- ފޮޓޯ: ކަސްޓަމްސް

ރާއްޖެއަށް ކަނޑުމަގުން އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ އެތަކެތި އަތުލައިގެންފައިވަނީ މިމަހުގެ 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަންގައި އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން އެވެ. އެތަކެތީގެ ބަރުދަނުގައި 3.1 ކިލޯ ހުއްޓެވެ.

މިތަކެތީގެ މަގުމަތީ އަގު 5.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމުން މައުލޫމާތުދެ އެވެ. މި އޮޕަރޭޝަން ހިންގީ މާލޭ ވިޔަފާރި ބަނދަރުގައި އެވެ.

މި މައްސަލައިގަ މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް