އިންޑިއާގައި ދެ ފުލުހަކު, އެހެން ފުލުހެއްގެ 17 އަހަރުގެ ދަރިފުޅު ރޭޕްކޮށްފި

އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ބޯޕާލުގައި މަސައްކަތް ކުރާ ދެ ފުލުހަކު އެހެން ފުލުހެއްގެ ދަރިއަކު ރަހީނުކޮށް ރޭޕް ކުރި މައްސަލައެއް ފެންމަތިވެ ތަހުގީގު ކުރަން ފަށައިފި އެވެ. މި މައްސަލައިގަ ރޭޕްގެ ތުހުމަ...

24 Jul 2026 | 08:09
އިންޑިއާގައި ރޭޕް ކުރުމަކީ އުމުރު ދުވަހުގެ ޖަލުހުމް އަންނަ ކުށެއް --

އިންޑިއާގައި ރޭޕް ކުރުމަކީ އުމުރު ދުވަހުގެ ޖަލުހުމް އަންނަ ކުށެއް --

އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ބޯޕާލުގައި މަސައްކަތް ކުރާ ދެ ފުލުހަކު އެހެން ފުލުހެއްގެ ދަރިއަކު ރަހީނުކޮށް ރޭޕް ކުރި މައްސަލައެއް ފެންމަތިވެ ތަހުގީގު ކުރަން ފަށައިފި އެވެ.

މި މައްސަލައިގަ ރޭޕްގެ ތުހުމަތު ކުރެވޭ ދެ ފުލުހުން ވަނީ ހައްޔަރުކޮށްފައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެ ދެމީހުންނަކީ ކައިވެނި ކޮށްގެން އުޅޭ ބައެކެވެ.

އެމީހުން ރޭޕް ކުރީ އެ އެމީހުންނާއި އެކުމަސައްކަތް ކުރާ ފުލުހެއްގެ 17 އަހަރުގެ އަންހެން ދަރިފުޅެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިދިޔަ ބުދަ ދުވަހުގެ ހަވީރު ހިނގި މި ހާދިސާގައި ގްރޭޑް 10 ގައި ކިޔަވަމުންދާ އެ ކުއްޖާ ގެންދިޔައީ އުފަންދުވަހުގެ ޕާޓީއަކަށް ދާން ކަމަށް ބުނެ އޮޅުވާލައިގެންނެވެ. ދެ ފުލުހުން ގުޅާފައި ދިން ދައުވަތަށް އަންހެން ކުއްޖާ އިޖާބަދީ، ދިޔައީ އެއީ ދެކެފަރިތަ ބަޔަކަށް ވާތީ ކަމަށް ތަހުގީގުގައި ބުނެފައިވެ އެވެ.

ނަމަވެސް ޕާޓީއެއް ބާއްވާ ތަނަކަށް ގެންދިޔުމުގެ ބަދަލުގައި އެ ދެ މީހުން ކުއްޖާ ގެންދިޔައީ ދަންނަ މީހެއްގެ ފަޅު އެގެއްގެ ކޮޓަރިއަކަށެވެ.

ފުލުހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ކުއްޖާއަށް އަނިޔާ ދެމުން ދިޔައީ އަބަދުވެސް އެކަކު ފާރައަށް ބަހައްޓައިގެން ކަމަށެވެ. އެމީހުން އެ ކުއްޖާ ރޭޕް ކުރުމަށް ފަހު ގޭކައިރިއަށް ގެންގޮސް ފިލީ އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ކުއްޖާގެ މައިންބަފައިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް