ރާއްޖެއާއި އެމެރިކާގެ އިޤްތިޞާދީ ގުޅުން ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި

އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓްގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އެފެއަރޒް އެސް. ޕޯލް ކަޕޫރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު އިޙްތިރާމު...

24 Jun 2026 | 08:52
ފޮޓޯ: ރައީސް އޮފީސް.

ފޮޓޯ: ރައީސް އޮފީސް.

އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓްގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އެފެއަރޒް އެސް. ޕޯލް ކަޕޫރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައި އިންވެސްޓްމެންޓާއި މެރިޓައިމް އަދި އިޤްތިޞާދީ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

ރައީސް އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ މިއަހަރު ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭކަން ފާހަގަކުރައްވައި އެ ގުޅުން އިތުރަށް ވަރުގަދަކުރެވިދާނެ ގޮތްތަކާ މެދު ވާހަކަފުޅު ދައްކަވާފައެވެ. އެ ގޮތުން ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމާއި ސަރަޙައްދީ ސަލާމަތާއި މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރެއްވުމުގެ ޝައުޤުވެރިކަން އެމެރިކާގެ ފަރާތުން ފާޅުކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މޯލްޑިވްސް ފަސްޓް ޕޮލިސީގެ ދަށުން ޤައުމުގެ އިޤްތިޞާދު ސިންދަފާތުކުރެވޭނެ ތަރައްޤީގެ މަޝްރޫޢުތަކަށް ރާއްޖެ ހުޅުވާލެވިފައިވާ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ދެ ޤައުމަށް ވެސް މަންފާކުރާނެ ކަންކަމުގައި އެކުގައި ކުރިއަށް ވަޑައިގެންނެވުމުގެ ތައްޔާރީ އޮތް ކަމުގެ ޔަޤީންކަން ދެ ފަރާތުން ވެސް ދެއްވައި ބައްދަލުވުން ނިންމަވާލައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް