ފޮޓޯ: އެންވަޔަރަންމަންޓް މިނިސްޓްރީ -
ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް ހެއްދުމަށް 10 ރަށެއްގައި ނާސަރީ އެޅުމަށް ޖުމްލަ ފަސް މިލިއަން ރުފިޔާގެ ގްރާންޓް އިއްޔެ ދީފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ނާސަރީ އެޅުމަށް ހޮވާފައިވާ ރަށްތަކުގެ ކައުންސިލްތަކާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން ކޮންމެ ރަށަކަށް 500,000 ރުފިޔާގެ އެހީއެއް ދިނުމަށް ވަނީ ނިންމައިފައެވެ. ނާސަރީ އަޅާ 10 ރަށަކީ ހއ. ކެލާ ށ. މިލަންދޫ ނ. ކެނދިކުޅުދޫ ރ. އިންނަމާދޫ ބ. މާޅޮސް އއ. މަތިވެރި މ. މުލައް ތ. ކިނބިދޫ ގއ. ދާންދޫ އަދި ގދ. ތިނަދޫއެވެ.
މިނިސްޓްރީން ބުނީ ސޮއިކުރި ތާރީޚުން ފެށިގެން ހަތް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ކަމަށެވެ. އެ ނާސަރީތައް ބޭނުންކުރާނީ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ މައިގަނޑު މަރުކަޒުތަކެއްގެ ގޮތުގައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ. ކޮންމެ ނާސަރީއަކުން އަހަރަކު ގާތްގަނޑަކަށް 50,000 ގަސް ހެއްދޭނެ ކަމަށާއި ކައިރި ރަށްރަށަށް ބޭނުންވާ ގަސް ފޯރުކޮށްދިނުމުގައި ބޮޑު ލުޔެއް ލިބޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ނާސަރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ފަސް އަހަރުން ނިންމެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅެކެވެ. 2024 ވަނަ އަހަރުގެ ތިމާވެށީގެ ދުވަހު ފެށި މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 1.6 މިލިއަނަށް ވުރެ ގިނަ ގަސް އިންދާފައިވާ ކަމަށާއި މި އަހަރުގެ އަމާޒަކީ އިތުރު އެއް މިލިއަން ގަސް އިންދުން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އެޑިޓަރުގެ ނޯޓް
ް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް