މުލީ މިސްކިތުގެ ކަރަންޓް ބޯޑުގައި ރޯވެ، ޚުޠުބާ މެދުކަނޑައިލަން ޖެހިއްޖެ

މ. މުލީގައި ހުންނަ އެ ރަށުގެ އެންމެ ބޮޑު މިސްކިތް، މަސްޖިދުލް މުސާވާތުގެ ބްރޭކަރު ބޯޑުގައި މިއަދު ހުކުރު ނަމާދު ވަގުތު ރޯވެ، ޚުޠުބާ މެދުކަނޑައިލަން ޖެހިއްޖެއެވެ. "ރައްޔިތުންގެ ނޫސް" އިން ރިޕޯޓުކޮށްފައ...

24 Apr 2026 | 13:49
އެ މިސްކިތުގެ ކަރަންޓު ބޯޑުގައި ރޯވި ވަގުތު - ފޮޓޯ: ރައްޔިތުންގެ ނޫސް

އެ މިސްކިތުގެ ކަރަންޓު ބޯޑުގައި ރޯވި ވަގުތު - ފޮޓޯ: ރައްޔިތުންގެ ނޫސް

މ. މުލީގައި ހުންނަ އެ ރަށުގެ އެންމެ ބޮޑު މިސްކިތް، މަސްޖިދުލް މުސާވާތުގެ ބްރޭކަރު ބޯޑުގައި މިއަދު ހުކުރު ނަމާދު ވަގުތު ރޯވެ، ޚުޠުބާ މެދުކަނޑައިލަން ޖެހިއްޖެއެވެ.

"ރައްޔިތުންގެ ނޫސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބޯޑުގައި ރޯވީ ކަރަންޓް ޝޯޓެއްގެ ސަބަބުންނެވެ. ހާދިސާ ހިނގީ ޚުޠުބާ ކިޔަމުން ދިޔަ ވަގުތުގައި ކަމުން، ގިނަ ބަޔަކު މިސްކިތުން ނުކުތް ކަމަށް އެ ނޫހުން ބުނެއެވެ.

އެ ވަގުތު މިސްކިތުގައި ހުރި މީހަކާ ހަވާލާދީ "ރައްޔިތުންގެ ނޫސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެންމެ ފުރަތަމަ އެއްޗެއް ގޮވި ކަހަލަ އަޑެއް އިވުނީއެވެ. ދެން ވަރަށް ގަދައަށް ވަސް ދުވާތީ އެލްސީބީ ބްރޭކަރު ވައްޓައިލީމާ މިސްކިތުގެ އެތެރެއިން ކަރަންޓް ކެނޑުނީއެވެ. އެއަށް ފަހު ބޯޑުގައި ރޯވީ ކަމަށް އޭނާ ބުންޏެވެ.

މި ހާދިސާގައި މީހަކަށް އަދި މިސްކިތަށް ވެސް ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް މިސްކިތުގެ ކަރަންޓް ވިއުގައަށް ގެއްލުންތައް ލިބުނު ކަމަށް އެ ނޫހުން ބުނެއެވެ. އަލިފާން ނިވައިލުމަށް ފަހު އަލުން ޚުޠުބާ ކުރިއަށް ގެންގޮސް، ހުކުރު ނަމާދުކޮށް ނިމުނީ ގާތްގަނޑަކަށް 1:30 ވީ ފަހުން ކަމަށް ވެސް "ރައްޔިތުންގެ ނޫސް" އިން ރިޕޯޓުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް