ޑެންގޫގައި 17 އަހަރުގެ އަންހެން ދަރިވަރަކު ނިޔާވެއްޖެ

ޑެންގޫ ހުން ޖެހިގެން މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ 17 އަހަރުގެ އަންހެން ކުއްޖަކު ނިޔާވެއްޖެއެވެ. މި ޚަބަރު އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ އަދަދު ނޫހުން، އެ ހޮސްޕިޓަލާ ހަވާލާދީއެ...

23 Apr 2026 | 20:23
N/A

N/A

ޑެންގޫ ހުން ޖެހިގެން މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ 17 އަހަރުގެ އަންހެން ކުއްޖަކު ނިޔާވެއްޖެއެވެ. މި ޚަބަރު އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ އަދަދު ނޫހުން، އެ ހޮސްޕިޓަލާ ހަވާލާދީއެވެ. މި ކަން ދުވަހަށް ވެސް ވަނީ ކަށަވަރުކުރެވިފައެވެ.

ނިޔާވީ މުލީ ސްކޫލުގެ ގްރޭޑް 11 ގައި ކިޔަވަމުންދިޔަ ޢާއިޝަތު އަންޖަލް މުމްތާޒް އެވެ. ނިޔާވީ ބުރާސްފަތި ދުވަހުގެ ރޭ 10 ޖެހިކަންހާއިރުއެވެ.

އާއިލާއާ ހަވާލާދީ އަދަދުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބަލިވެގެން މުލީ ހޮސްޕިޓަލުގައި އެޑްމިޓުކުރީ މި މަހުގެ 21 ވަނަ ދުވަހުއެވެ. ބުދަ ދުވަހުގެ ރޭ ދަންވަރު ހާލު ގޯސްވާން ފެށި ކަމަށާއި، ބުރާސްފަތި ދުވަހުގެ ރޭ ނުވައެއް ޖެހިއިރު އައިސީޔޫއަށް ބަދަލުކުރި ކަމަށް ވެއެވެ. ނަމަވެސް އައިސީޔޫއަށް ބަދަލުކުރިތާ ގަޑިއެއްވެސް ނުވަނީސް އަންޖުން ނިޔާވީއެވެ.

ރާއްޖޭގައި ޑެންގޫ ހުން ފެތުރޭ މިންވަރު ވަނީ ފާހަގަކުރެވޭ މިންވަރަށް އިތުރުވެފައެވެ. މި މަހުގެ 13 ވަނަ ދުވަހު ވެސް ށ. މިލަންދޫގެ 22 އަހަރުގެ ޒުވާނަކު ވަނީ ޑެންގޫ ޖެހިގެން ނިޔާވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް