ހެންވޭރު ޓާމިނަލްއިން މަސްވެރިންގެ ޕާކާ ހަމައަށް ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ފެށުން /ފޮޓޯ: އެމްޓީސީސީ
މާލޭގެ ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ފެށިގެން
މަސްވެރިންގެ ޕާކާ ހަމައަށް ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ބަދަލުކުރުމުގެ
އަމަލީ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
(އެމްޓީސީސީ) އިން ފަށައިފިއެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މާލޭގެ އުތުރު
ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފުރަތަމަ ފޭސްގެ ދަށުން މިހާރު
ކުރިއަށްދަނީ ސެގްމަންޓް 2 އާއި ސެގްމަންޓް 5 އާ ދެމެދު ހިމެނޭ ސަރަހައްދުގެ
މަސައްކަތްތަކެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ މާލޭގެ މަގުތަކުގައި އޮންނަ
ބާރުބޮޑުވުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި މަގުތައް
ފުޅާކުރުމެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ޝީޓް ޕައިލް
ކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން، ހެންވޭރު ފެރީ ޓާމިނަލާއި
މަސްވެރިންގެ ޕާކާ ދެމެދުގައިވާ ޖެޓީ ސަރަހައްދުގެ އެއްގަމު ތޮށި ތަޅާލުމުގެ
މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް މާލޭގެ
މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ
ހާއްސަ މަސައްކަތުގެ ބައެކެވެ. މީގެ ކުރިން ވެސް މި މަޝްރޫއުގެ ދަށުން
ބޮޑުތަކުރުފާނު މަގުގެ ބާޒާރުމަތީ ސަރަހައްދު ވަނީ ތަރައްގީކޮށް ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް