ފެންނަ ނުފެންނަ ވޯޓުގެ ނަމޫނާ ވޯޓު ކަރުދާސް -
އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ
ފެންނަ ނުފެންނަ ވޯޓާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށްޓަކައި "ސިޔާސާތު
ޚާއްސަ"ގެ ނަމުގައި ޢިލްމީ ފޯރަމެއް ބޭއްވުމަށް ނިންމައިފިއެވެ.
ޕޮލިސީ އެމްވީން އިންތިޒާމުކުރާ މި ފޯރަމަކީ
ޤާނޫނުއަސާސީއަށް ގެނެވޭ އަށް ވަނަ އިސްލާޙުގެ ސަބަބުން ދައުލަތަށާއި ޤައުމަށް ކުރާނެ
އަސަރުތަކާ ގުޅޭގޮތުން ތަޖުރިބާކާރުންގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ
ހަރަކާތެކެވެ. މި ފޯރަމް ކުރިއަށް އޮތް ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައި
ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން ދުރަށް ދައްކާނެއެވެ.
މި ފޯރަމުގައި ޤާނޫނީ އަދި ދުސްތޫރީ ދާއިރާއިން ވޯޓާ
ގުޅޭގޮތުން މަޝްވަރާކުރައްވާނީ މި ދާއިރާގެ ތަޖުރިބާކާރުން ކަމަށްވާ އަލްއުސްތާޛާ
ދިޔާނާ ސަޢީދާއި އަލްއުސްތާޛް އަލީ ހުސައިނެވެ. މީގެ އިތުރުން މާލީ ނިޒާމާއި
ދައުލަތް ހިންގުމުގެ ދާއިރާއިން މަޢުލޫމާތު ހިއްސާކުރައްވާނީ ކުރީގެ
ބަންޑާރަނައިބު އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރާއި އަޙްމަދު މުޙަންމަދެވެ.
ވޯޓާ ގުޅޭގޮތުން ދެ ޖީލެއްގެ ވިސްނުން ހުރިގޮތް ވެސް މި
ފޯރަމްގައި ހާމަކުރާނެއެވެ. އެގޮތުން އިސްރަށްވެއްސެއްގެ ފަރާތުން އިބްރާހިމް
އިސްމާޢިލް އަލީ އަދި ޒުވާނެއްގެ ފަރާތުން އަލްއުސްތާޛާ ފާތިމަތު އީމާ ހުސައިން އެ
ބޭފުޅުންގެ ޚިޔާލުތައް ހުށަހަޅުއްވާނެއެވެ.
މި ފޯރަމް އިންތިޒާމުކުރާ ޕޮލިސީ އެމްވީއަކީ ޤައުމީ
މައްސަލަތަކާއި ސިޔާސަތުތަކާ ގުޅޭގޮތުން ޢިލްމީ ދިރާސާތައްކޮށް، އެ މަޢުލޫމާތުތައް
އާންމުންނާއި ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ
ތިންކްޓޭންކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް